ދެކަންފަތް ފިހުނީ ކީއްވެ؟


އަންހެންކުއްޖަކު ޑަކުޓަރަށް ދައްކާލަން ދިޔައެވެ. އޭރު އޭނާގެ ދެކަންފަތް ވަނީ ފިހިފައެވެ. އޭނާގެ އެއް ކަންފަތް ބައްލަވަމުން ޑަކުޓަރު އެއްސެވިއެވެ.

"ކަންފަތް ފިހުނީ ކިހިނަކުން ހެއްޔެވެ؟"

އަންހެންކުއްޖާ ބުންޏެވެ.

"އިސްތިރިކުރަން ހުއްޓާ ފޯނު ރިންގުވާންފެށިއެވެ. އެހިނދު ފޯނު ކަމަށް ހިތައި ކަންފަތުގައި ޖައްސައިލެވުނީ އިސްތިރިއެވެ."

ދެން އަނެއް ކަންފަތް ބައްލަވަމުން ޑަކުޓަރު އެއްސެވިއެވެ.

"މި ކަންފަތަށް ވީ ކީއްހެއްޔެވެ؟"

އަންހެންކުއްޖާ ބުންޏެވެ.

"އިރުކޮޅަކުން އަނެއްކާވެސް ފޯނު ރިންގުވާންފެށިއެވެ. އެހިނދު ފޯނު ކަމަށް ހިތައި މި ކަންފަތުގައި ވެސް ޖައްސައިލެވުނީ ހަމަ އިސްތިރިއެވެ!"


މަޞްދަރު: https://www.masreat.com/?p=45283