އުފާވެރި ޚަބަރަކާއި ހިތާމަވެރި ޚަބަރެއް


މުޙައްމަދާއި މަޙުމޫދަކީ، ޢިމާރާތެއްގެ 112 ވަނަ ފަންގިފިލާގައިވާ ގެއެއްގައި ދިއިރުޅެމުންދާ ދެ ޒުވާނެކެވެ. އެއްރެއަކު އެ ދެ ޒުވާނުން ގެއަށް ދިޔައިރު ލިފްޓް ވަނީ ހަލާކުވެފައެވެ. ދެން ސިޑިން އަރަން ފެށިއެވެ. 111 ވަނަ ފަންގިފިލާއަށް އެރުމަށްފަހު މުޙައްމަދު ބުންޏެވެ.

"މަޙުމޫދެވެ. އުފާވެރި ޚަބަރާކާއި، ހިތާމަވެރި ޚަބަރެއް ތިމަންނައަށް މޭރުންވެއްޖެއެވެ."

މަޙުމޫދު ބުންޏެވެ.
"އުފާވެރި ޚަބަރަކީ ކޮބައިހެއްޔެވެ؟"

މުޙައްމަދު ބުންޏެވެ.
"އުފާވެރި ޚަބަރަކީ، ދެން އަރަން އޮތީ 112 ވަނަ ފަންގިފިލައެވެ!"

މަޙުމޫދު ބުންޏެވެ.
"ހިތާމަވެރި ޚަބަރަކީ ކޮބައިހެއްޔެވެ؟"

މުޙައްމަދު ބުންޏެވެ.
"މިއީ ތިމަންމެން ދިއިރުޅޭ ޢިމާރާތެއް ނޫނެވެ!!!"


މަޞްދަރު: https://www.masreat.com/?p=14894