ތިން މޮޔައިންގެ ތެޔޮގުޅާސާދާކުރުން


އެއްދުވަހަކު މޮޔައިންގެ ތެރެއިން ތިން މީހަކު މުނިފޫހިފިލުވަން ތިބެ ޚިޔާލީފޮލާކައްކަމުން ގެންދިޔައެވެ.

ފުރަތަމަ މޮޔަމީހާ ބުންޏެވެ.

"ތިމަންގެ އަތުގައި ވަރަށް ގިނަ ފައިސާ އެބަހުއްޓެވެ. އެ ފައިސާއިން ތިމަންނަ ގަންނާނީ އުތުރު އެމެރިކާގެ ބައްރެވެ."

ދެވަނަ މޮޔަމީހާ ބުންޏެވެ.

"ތިމަންގެ އަތުގައި މާގިނަ ފައިސާ އެބަހުއްޓެވެ. އެ ފައިސާއިން ތިމަންނަ ގަންނާނީ އުތުރު އެމެރިކާގެ ބައްރާއި ދެކުނު އެމެރިކާގެ ބައްރެވެ."

ތިންވަނަ މޮޔަމީހާ ބުންޏެވެ.

"އުތުރު އެމެރިކާއާއި ދެކުނު އެމެރިކާއަކީ، ތިމަންގެ މިލްކެކެވެ. އެ ދެ ބައްރު ތިމަންނަ ވިއްކައިލާނެ ކަމަށް ތިޔަ ދެ މިތުރުން ހީކުރަނީ ހެއްޔެވެ؟"


މަޞްދަރު: https://www.masreat.com/?p=14894