އަރަތެކެ


1.
ވަޓެވަޓެ އެބެރެނެ ބޮޑެ އެއްތެކެ، ތަޓެ މަޓެ ގާމުން ފެނެނެއްތެކެ،
ރަޓެރަޓެ އޭނޭ ވެނެ އެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

2.
ފޮއްޓެނެ ލިކެލިކެ ގިނެ އެއްތެކެ، ހުއްޓެނެ މަގެމަގެ މަދެ އެއްތެކެ،
ކޮއްޓެނެ ގޮތެގޮތެ ފަހި އެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

3.
އަލިކަމު އެތެރަޓެ ނުވަނެއްތެކެ، ބައްކަޅެ އެތެރަޓެ ގެޔަ އެއްތެކެ،
ބަލިކަމު އެތެރަޓެ އެޔަނެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

4.
އެތެރަޓެ ރިޝްވަތެ ގެބެނެއްތެކެ، ހައްޓަކު ހެއިނެތި ދޮވަނެއްތެކެ،
ހިތެކަޓެ ލޫލެކެ ނުދެނެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟
5.
މަގެކުން ހައްގަޓެ ނެން އެއްތެކެ، ސަފެކުން ތެދެކަޓެ ނުވި އެއްތެކެ،
އަގެކުން ހޮއުކޮޓެ ނުދެނެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

6.
ހިތަޓެ ޒަމީރެކެ ނެން އެއްތެކެ، ބިތަޓެ ސަލާމަތެ ނުވި އެއްތެކެ،
ނިތަޓެ ރިވެއްތެކެ ނުދެނެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟
7.
އަޅެކަން ނޫޓަޓެ ކެރަނެއްތެކެ، ބަޅެކަން ހުއްޓީ ގުދެ އެއްތެކެ،
ފަޅެކަން މުދަލަޓެ ދެނެ އެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

8.
އޭސީސީން ގަސް ބަލަނެއްތެކެ، އެޔަޓެ ފަސާދެޔޮ ކެޔަނެއްތެކެ،
ބީބީސީން ގަސް އިބެނެއްތެކެ، ބޮނެހެލެ އޭބޫ ކޮން އެއްތެކެ؟

(20 އޮކްޓޫބަރު 2017)