ނޫޙުގެފާނުގެ ނާކޮޅު ފަދަ ބަހެއް


އާދަޔާޚިލާފަށް ފަލަ އަންހެނަކު ބަހަކަށް އެރިއެވެ. އެހިނދު އެ ބަހުގައި އިން މީހަކު އޭނާއާ ބެހިލުމުގެ ގޮތުން ބުންޏެވެ.

"މިއީ އެތް ދަތުރުކުރަން ޚާއްޞަކޮށްފައިވާ ބަހެއް ނޫނެވެ."

އެ އަންހެންމީހާ އެމީހާއަށް ރައްދުދެމުން ބުންޏެވެ.

"ސާހިބާއެވެ! މި ބަހުގެ ބޭރުގައި ލިޔެފައި އެވަނީ، މި ބަހަކީ ނޫޙުގެފާނުގެ ނާކޮޅު ފަދައިން އެންމެނަށް މަރްޙަބާކިޔާ ބަހެއް ކަމަށެވެ. އެހެންކަމަށްވަނީނަމަ، މި ބަހަށް ފަލަ އެތާއި، ގަބު ޙިމާރު ވެސް އަރާނެއެވެ!"


މަޞްދަރު: https://www.masreat.com/?p=14894