އެދުރުންގެ ދުވަސް ފެހިކުރަމާ


1.
އެދުރުންނަށް ދީލަތި ތަޢުލީމީ،
ހިނިތުންވެލަމާ އަބަދުގެ އަބަދަށް،
އެދުރުން ކުޅަ މިންނެތް ޚިދުމަތްތައް،
އަގުކޮށް ކުރުނީސްކުރަމާ އަބަދަށް.
އެދުރުންނަށް ދީލަތި ތަޢުލީމީ، ....

2.
ތަޢުލީމާ ތަރުބިއްޔަތުގެ މަގުން،
ޢިލްމާ ޙިލްމުން ހިތްތައް ފަވަމުން،
ތަހުޒީބު ދަރީން ކުޅަ އެދުރުންނަށް،
ރަތުރަނުގެ ސަލާމްކުރަމާ އަބަދަށް.
އެދުރުންނަށް ދީލަތި ތަޢުލީމީ، ....

3.
ޝުކުރާ ވެދުމުން ހިތްތައް ފުރަމާ،
ފަޚުރާ ޝަރަފުން ތަރުޙީބުދެމާ،
ތަކުރީމުގެ މާފަތިތައް ގަތަމާ،
އެދުރުންގެ ޤަދަރު އުފުލައި އަބަދަށް.
އެދުރުންނަށް ދީލަތި ތަޢުލީމީ، ....

4.
ސާބިތުވެ ޢަޒުމް ކުރިއަށް ނެރެމާ،
ޤާބިލު ބަޔަކަށް މި ދަރީން ވެލަމާ،
މާބިންފާޅަ ހެދޭހެން ހެދެމާ،
އެދުރުންގެ ދުވަސް ފެހިކޮށް އަބަދަށް.
އެދުރުންނަށް ދީލަތި ތަޢުލީމީ، ....

މިއީ، 2017 އޮކްޓޫބަރު 5 ވީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ހަދާފައިވާ ޅެމެކެވެ.
(18 ސެޕްޓެންބަރު 2017)