ބަލި ކުއްޖާގެ އުންމީދު
ވަރަށް ބޮޑު ބައްޔެއް ޖެހި، އެނދުމަތިކުރެވިފައިވާ
ކުއްޖަކު އޭނާގެ ދައްތަގެ ގާތުގައި ބުންޏެވެ.
"ދައްތާއެވެ! ކިޑިކީން ބޭރު ބަލައިލާއިރު ދިރުން ހުރި
އެއްޗަކަށް ފެންނަނީ ގަހެކެވެ. ކޮންމެ ދުވަހަކު އެ ގަހުން
ފަތެއް އެބަ ވެއްޓެއެވެ. އެ ގަހުގައިވާ ހުރިހާ ފަތެއް ވެރި
ހުސްވާއިރު، ތިމަންނަ މަރުވާނެހެން އެބަ ހީވެއެވެ."
ދައްތަ ބުންޏެވެ.
"ކޮއްކޯއެވެ! އުންމީދު
އާކުރާށެވެ!"
ބަލިކުއްޖާއަށް ފެންނަ ގަހުގައިވާ
ފަތްތައް ވެރެމުންވެރެމުންދެއެވެ. އެންމެ ފަތަކަށް
ވެއްޖައުމަށްދާންދެނެވެ. އެތައް ދުވަހެއް ވީއިރު ވެސް އެ
ފަތެއް ނުވެއްޓުނެވެ. ބަލި ކުއްޖާގެ ހިތަށް އެރިއެވެ. އެ
ފަތް ނުވެއްޓެނީސް ތިމަންނަ މަރެއް ނުވާނެއެވެ. އެ ފަތް އެ
އަންގައިދެނީ، ތިމަންނަ ދިރިހުންނާނޭ ކަމުގެ އުންމީދު
އެބައޮތް ކަމެވެ.
ބަލި ކުއްޖާ މި އުންމީދުގައި
ވަނިކޮށް، އޭނާގެ ބަލި ފަސޭހަވެއްޖެއެވެ. ދެން އެއްކަލަ
ގަސް ކައިރިއަށް ދިޔައެވެ. އެހިނދު އޭނާއަށް އެނގުނީ އެއީ
ޕްލާސްޓިކުން ހަދާފައިވާ ގަހެއް ކަމެވެ.
އޭނާގެ
ދައްތަ ބުންޏެވެ.
"ކޮއްކޯއެވެ! މިއީ، ކޮއްކޮގެ އުންމީދު
އާކުރެވޭތޯ، ދައްތަ ހެދި ގަހެކެވެ. އުންމީދަކީ، ފަރުވާ
ލިއްބައިދޭ ބޭހެކެވެ."