ބަލިމީހާއާއި ޑަކުޓަރު


އެއްދުވަހަކު ބަނޑުގައި ރިއްސާތީ މީހަކު ޑަކުޓަރަށް ދައްކަން ދިޔައެވެ. ޑަކުޓަރު އެ ބަލިމީހާ ބެއްލެވުމަށްފަހު، އޭނާއަށް ބޭހެއް ލިޔެދެއްވިއެވެ. ބޭސް ސިޓީ ހިފައިގެން އޭނާ ބޭސް ފިހާރައަށް ދިއުމުން، އޭގައި ލިޔެފައިވާ އަނދުން އޭނާއަށް ދިނެވެ.
ބޭސް ސިޓީގައި ލިޔެފައިވަނީ، އަނދުންކަން އެނގުމުން ބަލިމީހާ އަނެއްކާ ވެސް ޑަކުޓަރުގެ އަރިއަހަށް ދިޔައެވެ. އެއީ، ޑަކުޓަރަށް އޮޅިގެން ލިޔެދެއްވި ބޭހެއް ކަމަށް ހީކުރެވިގެންނެވެ.

ބަލިމީހާ:
"އަޅުގަނޑު ޑަކުޓަރަށް ދައްކަން އައީ، ބަނޑުގައި ރިއްސާތީއެވެ. ޑަކުޓަރު ދެއްވި ބޭހަކީ، އަނދުނެވެ. ބަނޑުގައި ރިއްސުމާއި ލޮލާ ހުރީ ކޮން ގުޅުމެއްތޯއެވެ؟"

ޑަކުޓަރު:
"ޙަޤީޤަތުގައި ތިބާގެ ބަނޑަކު ބައްޔެއް ނެތެވެ. ތިބާގެ ބަނޑުގައި ރިއްސުމުގެ އަޞްލަކީ ތިބާގެ ލޮލެވެ. ތިބާގެ ލޯ އަނދިރިވީމާ، ހަލާކުވެފައި ހުންނަ ކާއެއްޗެހި ވަކިކުރަން ނޭނގެނީއެވެ. ތިބާއަށް ދިން އަނދުން އެޅީމާ، ތިބާގެ ލޯ އަލިވާނެއެވެ."

ޑަކުޓަރުގެ ވާހަކަ އަޑުއިވުމުން، ބަލިމީހާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާގެ ބަޑުގެ ރިހުމަށް ޝިފާއެއް ކަމުގައިވީ، އޭނާގެ ލޮލަށް ކުރެވުނު ފަރުވާއެވެ!