ރަމަޟާނިއްޔަ ޝުޢޫރު
1. އަހަރަކު މަހަކު ބައްދަލުވެދާ މެހުމާނެކޭ،
ހަހަރުގެ ހިތަށް ރައްބުލް ޤުލޫބުގެ ނޫރެކޭ.
2. ދަހުރުގެ
ދަރީންކުރެ މާތްވެގެންވީ ދަރިއެކޭ،
އަހުރެންގެ ހިތް އެދިގެންވި އަގުބޮޑު ކަންޒެކޭ.
3.
އަހަރުން ދެވަނަ ހިޖުރީން ގުނަން ފެށުނީއްސުރެން،
ސަހަރަށް އުފާ ޢަރުޝުގެ ދަށުން ދޭ ރީޙެކޭ.
4. ކިއްލާ
ކަމަށް ފޭލިގެ ޖަހައިދީ ހިތުތެރޭ،
ދިއްލާލަދޭ ތަޤުވާގެ އަލިގަދަ ތަރިއެކޭ.
5. މާތް މަގު
(صِرَاطُ الْمُسْتَقِيْم) ދައްކައިދެމުން،
މާތް އަގު ޙަޔާތަށް ގެނުވަދޭ ބަރަކާތެކޭ.
6. ކުރު
މުއްދަތެއްގައި އޮނަތިރީސް ނޫނީ ތިރީސް،
ހުރުމަށް ޒިޔާރަތްކޮށްއުޅޭ ސައްޔާޙެކޭ.
7. ދަނޑު
ހައްދަމުން ފަރުވާ ދެމުން ތަޢުލީމުދީ،
ފަނޑުވުން ނުވާނޭ ދޯދި ދޭ އުފަކާރެކޭ.
8. ވަސްމީރުވީ
ހުވަނދުން ފުރާނަ ފުރާލަދީ،
ރަސްހަށި މޮޅަށް ކޮށްދޭބިނާ ބާނީއެކޭ.
9.
ތަޤުވާވެރިންނަށް އުނިނުވާ ދެ އުފާ ދެމުން،
ތަޤުވާގެ ބާރުން ބާރު ދޭ އައްޑަނައެކޭ.
10.
އީމާންކަމާއެކު ހެޔޮ ޢަމަލު ކުޅަނަމަ ކަތުން،
(سِيْمَا) ނިކަން މަތިވެރިކުރާނެ ބަހާރެކޭ.