ޑަކުޓަރުގެ އަތްދަބަހުގެ ތަޅު
މީހަކު އޭނާގެ ދަރިފުޅު ޑަކުޓަރަށް ދައްކަން ދިޔައެވެ.
ޑަކުޓަރު ވިދާޅުވީ، ބައްޕަ ބޭރުގައި މަޑުކޮށްލުމަށާއި،
ޑަކުޓަރުގެ ކޮޓަރިއަށް ދަރިފުޅު ވެއްދުމަށެވެ.
އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ބަލި
ކުއްޖާގެ ބައްޕަ ކައިރީގައި ޑަކުޓަރު ބުނުއްވިއެވެ.
"ވަޅިއެއް ގެނެސްދީފާނަށް ހެއްޔެވެ؟"
ބަލިކުއްޖާގެ
ބައްޕަ ބުންޏެވެ.
"ތިމަންމެންގެ ގެޔަކު ވަޅިއެއް
ނުގެންގުޅެމުއެވެ."
ދެން ޑަކުޓަރު ކޮޓަރިއަށް ވަދެ
ދޮރު ލައްޕާލިއެވެ. އަނެއްކާވެސް އިރުކޮޅަކުން ކޮޓަރީގެ
ދޮރު ހުޅުވާލުމަށްފަހު، ބުންޏެވެ.
"މަރުތޭލެއް
ގެނެސްދެވިދާނެ ހެއްޔެވެ؟"
ދެން ކަންބޮޑުވެފައިވާ
ޙާލުގައި ހުރެ، ބަލި ކުއްޖާގެ ބައްޕަ މަރުތޭލެއް
ގެނެސްދިނެވެ. ޑަކުޓަރު އެ މަރުތެޔޮ ހިފައިގެން ކޮޓަރިއަށް
ވަނެވެ. އެއަށްފަހު އަނެއްކާވެސް އިރުކޮޅަކުން ކޮޓަރީގެ
ދޮރު ހުޅުވާލުމަށްފަހު، ބުންޏެވެ.
"ދުނިކީސް ތިލައެއް
ގެނެސްދީފާނަށް ހެއްޔެވެ؟"
ޑަކުޓަރު މިހެން
ބުނުމުން، ދަރިފުޅުގެ ޙާލާ މެދު އެ ބައްޕަގެ ހިތުގައި
އެތައް އުދާސްތަކެއް އުފެދުނެވެ. އެހެނަސް، އެކަން
ސިއްރުކުރާ ޙާލުގައި ހުރެ، ފިހާރައަށް ގޮސް ދުނިކީސް
ތިލައެއް ގަނެގެން ގެންގޮސްދިނެވެ. ޑަކުޓަރު އެ
ދުނިކީސްތިލަ ހިފައިގެން ކޮޓަރިއަށް ވަނުމަށްފަހު،
އަނެއްކާވެސް އިރުކޮޅަކުން ކޮޓަރީގެ ދޮރު
ހުޅުވާލުމަށްފަހު، ބުންޏެވެ.
"އެއްޗެއް ކީހާލަ ދެވިދާނެ
ހެއްޔެވެ؟"
ބަލިކުއްޖާގެ ބައްޕަ ބުންޏެވެ.
"ތިމަންގެ ދަރިފުޅުގެ ގައިން ގުނަވަނެއް ބުރިކޮށްލަން
ޖެހެނީ ހެއްޔެވެ؟"
ޑަކުޓަރު ބުންޏެވެ.
"ނޫނެކެވެ. ތިބާގެ ދަރިފުޅު ވަނީ ގަދަވެ ސަލާމަތުންނެވެ.
އޭނާގެ ކިބައިގައި ނުރައްކާތެރި ބައްޔެއް ނެތެވެ.
އެހެނަސް، މި ހުރިހާ އިރަކު ތިމަންނަ މަސައްކަތް މިކުރަނީ،
ތިމަންގެ އަތްދަބަސް ހުޅުވޭތޯއެވެ. ކީހާލަދޭންވީ، އޭގައި
ލާފައިވާ ތަޅެވެ."