ކުދިންނަށް ނަންކިޔާއިރު ކުރާނެ ދުޢާ އާއި ކިޔާނެ ޛިކުރު


މުސްލިމު ކުއްޖަކަށް ނަންކިޔާއިރު، އޭނާގެ މައްޗަށް ހެޔޮ ދުޢާއިން ދުޢާކުރުމަކީ، މުސްލިމުން ކުރާ ކަމެކެވެ. އެ ކަން ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ނަމަވެސް އެ ކަމަށް ވަކި ޚާއްޞާ ދުޢާއެއް ނެތެވެ. މި ލިޔުމުގައި ގެނެސްދެވިފައި މި ވަނީ، ކުދިންނަށް ނަންކިޔާއިރު ކުރުމަށް ހުރި ބައެއް ދުޢާއާއި، ކިޔުމަށް ހުރި ބައެއް ޛިކުރެވެ. މި ތަކެތި ގެނެސްދެވިފައި ވަނީ، ނަބަވީ ސުންނަތުގައި ވާރިދުވެފައިވާ ގޮތަށެވެ. އަދި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތަށެވެ.

ފިރިހެން ކުއްޖަކަށް ނަންކިޔާއިރު، ކިޔާނީ، ފިރިހެން ޞީޣާއިން ބަޔާންކުރެވިފައިވާ ދުޢާއާއި ޛިކުރެވެ.

އަންހެން ކުއްޖަކަށް ނަންކިޔާއިރު، ކިޔާނީ، އަންހެން ޞީޣާއިން ބަޔާންކުރެވިފައިވާ ދުޢާއާއި ޛިކުރެވެ.

ފިރިހެން ކުދިންނަށް

اَلَّٰلهُمَّ أَنْبِتْهُ نَبَاتًا حَسَنًا، وَاجْعَلْهُ قُرَّةَ عَيْنٍ لِوَالِدَيْهِ، وَاحْفَظْهُ، وَبَارِكْ لَنَا فِيْهِ، وَاجْعَلْهُ مِنْ أَهْلِ الصَّلَاحِ وَالتَّقْوَٰى.

أُعِيْذُكَ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ.

بِسْمِ اللهِ أَرْقِيْكَ، مِنْ كُلِّ شَيْءٍ يُؤْذِيْكَ، مِنْ شَرِّ كُلِّ نَفْسٍ، وَعَيْنٍ حَاسِدَةٍ، بِسْمِ اللهِ أَرْقِيكَ، وَاللهُ يَشْفِيكَ.

بِسْمِ اللهِ أَرْقِيْكَ، وَاللهُ يَشْفِيكَ مِنْ كُلِّ دَاءٍ يَأْتِيْكَ، (وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ) (وَمِن شَرِّ حَاسِدٍ إِذَا حَسَدَ).

އަންހެން ކުދިންނަށް

اَلَّٰلهُمَّ أَنْبِتْهَا نَبَاتًا حَسَنًا، وَاجْعَلْهَا قُرَّةَ عَيْنٍ لِوَالِدَيْهِ، وَاحْفَظْهَا، وَبَارِكْ لَنَا فِيْهَا، وَاجْعَلْهَا مِنْ أَهْلِ الصَّلَاحِ وَالتَّقْوَٰى.

أُعِيْذُكِ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ.

بِسْمِ اللهِ أَرْقِيْكِ، مِنْ كُلِّ شَيْءٍ يُؤْذِيْكِ، مِنْ شَرِّ كُلِّ نَفْسٍ، وَعَيْنٍ حَاسِدَةٍ، بِسْمِ اللهِ أَرْقِيكِ، وَاللهُ يَشْفِيكِ.

بِسْمِ اللهِ أَرْقِيْكِ، وَاللهُ يَشْفِيكِ مِنْ كُلِّ دَاءٍ يَأْتِيْكِ، (وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ) (وَمِن شَرِّ حَاسِدٍ إِذَا حَسَدَ).

މަޞްދަރު

دعاء المولود الذكر والأنثى وكيفية استقباله على السنة
https://www.elbalad.news/4026870