ދެން ކުރާނީ ކީއް؟


ތީރު ލޯބީގެ ލޮލަށް މޭފޮނުވީ!
އޭތި ހެރި މަޢުޝޫޤާ ލޯ ކަނުވީ!

ތީރު ރާގުތަކުން ރޮއިފައި ފޮނުވީ!
އޭގެ ބާނިން ކަންފަތް ބީރުމެވީ!

މަދުވެ ބުއްދި މުޞީބާތުގެ ގިލަނުން،
މަގު މަށަށް އޮޅި ދީވާނާ ވެސް ވީ!

ހެޔޮ ހިތުން ހޭހަންކުރުމަށަ އެދިގެން،
ލޯބިލޯބިން މަގު ފަހިކޮށްމެ ގޮވީ!

އެ ހިނދު އޭނާގެ ދެފައި އޮޅި މަގުގައި،
އަނގަވަތަށް ވެއްޓި މުޅިން ގާވީ!

ކައިރިއަށް ގޮސް ބޮލުގައި އަތްލީމާ،
ވަކިވެދާ ވިގަކަށް އިސްތަށިގަނޑު ވީ!

ބުއްދިއަށް ލޯބީގެ ޝުޢޫރެއް ދޭން،
ބުނި ބަހަށް އޭނާގެ އަޖަލު ފާވީ!

އުފެދިފައިވާ ލޯބީގެ ގިނީގައި،
މައްޔިތާ ވަޅުލައި ޔާސީން ކިޔެވީ!

ހުޅުހިފައި ރޯވެ މުޅިން ހަށި އެނދުމުން،
އެ ހިނދު މަޢުޝޫޤާ ދަރުދެއްޔަށަވީ!

ދެން ކުރާނީ ކީއްހޭ ބުނެބުނެބުނެ،
ދީބުގައި ޢާޝިޤު ވީރާނާވީ!!!

މަޞްދަރު

މި ޅެމުގެ އަޞްލަކީ، އަޙްމަދުއްޞަޢީދީ (އަޙްމަދު ޝައިޚު) ލިޔުއްވާފައިވާ ބަސްތަކެކެވެ.