ދުއާ އިޖާބަކުރެއްވުމުގެ ޝަރުޠުތައް


ސުވާލު

ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠުތަކަކީ ކޮބައިތޯއެވެ؟

ޖަވާބު

الحمد لله.

ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠުތައް ވަރަށް ގިނައެވެ. ތިރީގައި މިވަނީ އެއިން މުހިންމު ޝަރުޠުތަކެކެވެ.

1. މާތްﷲ ގެ ޙަޟުރަތަށް މެނުވީ ދުޢާނުކުރުން.
2. އިސްލާމީ ޝަރުޢުގައި ހުއްދަކުރައްވާފައިވާ ތަވައްސުލަކުން ތަވައްސުލުކުރުން.
3. ދުޢާ އިޖާބަކުރެއްވުން އަވަސްވުމަށް އެދިގެން ދުޢާނުކުރުން.
4. ދުޢާގައި އުރެދުމެއް ނުވަތަ ފާފައެއް ނުހިމެނުން.
5. ދުޢާގައި ރަޙިމުގެ ގުޅުން (ތިމާގެކަމުގެ ގުޅުން) ކަނޑައިލުމެއް ނެތުން.
6. މާތްﷲ އާ މެދު ހެޔޮކޮށް ހީކުރުން.
7. ދުޢާކުރާއިރު ދުޢާގައި އެދި ދަންނަވާ ކަމަކާއެކު ހިތް ހާޒިރުކޮށްގެން ހުރުމާއި، މާތްﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން އެނގިހުރުން.
8. ޙަލާލު ރަނގަޅު ތަކެތި ކައި ބޮއި އުޅުން.
9. ދުޢާގައި އެހެން މީހަކަށް އަނިޔާވެރިނުވުން.
10. މާތްﷲ ވާޖިބުކުރައްވާފައިވާ ކަމެއް ދޫކޮށްލާފައި ދުޢާނުކުރުން.

މިއީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠުތަކެވެ. (ރުޤުޔާ އިޖާބަކުރެއްވުމުގެ ޝަރުޠުތަކުގެ ތެރޭގައި ވެސް މި ކަންކަން ހިމެނެއެވެ.)

والله أعلم.

މަޞްދަރު

ما هو شروط الدعاء لكي يكون الدعاء مستجاباً مقبولاً عند الله
https://islamqa.info/ar/answers/13506