ޖުމުލައެއްގައި "ހަކުރު" ލިޔުނު ގޮތް


ދިވެހި ގަޑީގައި ސަކަރާތްޖަހާ ދަރިވަރެއްގެ ގާތުގައި ދިވެހި މުދައްރިސު ވިދާޅުވިއެވެ.
"ހަކުރު" ލައިގެން ޖުމުލައެއް ހަދާށެވެ!

ދެން ދަރިވަރުގެ ނޯޓު ފޮތުގައި ޖުމުލައެއް ލިޔެލައިގެން ގޮސް މުދައްރިސަށް ދެއްކިއެވެ.

އެ ޖުމުލައިގައި ވަނީ: "އަހުރެން ސައިތަށްޓެއް ބޮއިފީމެވެ."

މުދައްރިސު ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުގެ ކިބައިން އެދެވުނީ، "ހަކުރު" ލައިގެން ޖުމުލައެއް ހެދުމަށެވެ. ތިޔަ ދަރިވަރު ލިޔުނު މި ޖުމުލައަކު ހަކުރެއް ނެތެވެ."

ދަރިވަރު ދެންނެވިއެވެ.

"ނޫނެކެވެ. މި ޖުމުލައިގައި ހަކުރު އެބައޮތެވެ. މި ޖުމުލައިގައި ހަކުރު ލާފައިވަނީ، ސައިތަށީގެ ތެރެއަށެވެ!!!"