ނުކިޔަވާ ކުއްޖާއާއި ވަގު މީހާ


އެއް ރެއަކު، ވަގަކު ވައްކަންކުރުމުގެ މަޤުޞަދުގައި ގެއަކަށް ވަނެވެ.

އޭރު އެ ގޭގައިވާ އެންމެ ކުއްޖަކު ފިޔަވައި އެންމެން ވަނީ ނިދާފައެވެ.

ވަގު މީހާ ފެނުމުން އެ ކުއްޖާ ބުންޏެވެ.

"ތިމަންގެ ފޮތްދަބަހާއި ފޮތްތައް ވަގަށްނަގައިގެން ތިބާ އަވަހަށް ދާށެވެ! ނޫން ނަމަ، މި ގޭގައި ނިދާފައިވާ އެންމެން ހޭލާ ވަރަށް ބާރަށް ހަޅޭލަވައިގެންފާނަމެވެ!!!"