ބާޒާރުގައި އިބްލީސް ވިއްކާ ތަކެތި

އިސްމާޢީލު ބްނު ނަޞްރު ލިޔުއްވާފައިވާ ވާހަކައެއްގައި
ވެއެވެ.
އެއްދުވަހަކު، ސަލާމްލެއްވި ޢީސާގެފާނަށް
އިބްލީސް ފެނިވަޑައިގަތެވެ. އޭރު އިބްލީސް ދިޔައީ
ބާޒާރަށެވެ. އިބްލީހާ އެކުގައި ހަތަރު ޙިމާރު ވިއެވެ.
އެއިން ކޮންމެ ޙިމާރެއްގެ ބުރިކަށިމަތި ވަނީ ކޮންމެވެސް
އެއްޗަކުން ބަރާކޮށްފައެވެ.
އިބްލީހާ
މުޚާޠަބުކުރައްވައި، ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ޙިމާރުތަކަކާއިގެން ތިޔަ ދަނީ ކޮންތަނަށް
ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "މި ދަނީ
ބާޒާރަށެވެ."
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ޙިމާރުތަކުގެ ބުރިކަށިމަތީގައި ވަނީ ކޮން
އެއްޗެއް ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "އެއީ
ވިޔަފާރި މުދާތަކެކެވެ. މި ދަނީ އެ މުދާތައް
ވިއްކުމަށެވެ."
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ފުރަތަމަ ޙިމާރުގެ ބުރިކަށިމަތީގައި ވަނީ
ކޮން އެއްޗެއް ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ.
"އަނިޔާވެރިކަމެވެ!!!"
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "އަނިޔާވެރިކަން ގަންނާނީ ކޮން ބަޔެއް
ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "އަނިޔާވެރިކަން
ގަންނާނީ ވެރިންނެވެ!!!"
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ދެވަނަ ޙިމާރުގެ ބުރިކަށިމަތީގައި ވަނީ
ކޮން އެއްޗެއް ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ.
"ޙަސަދަވެރިކަމެވެ!!!"
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ޙަސަދަވެރިކަން ގަންނާނީ ކޮން ބަޔެއް
ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "ޙަސަދަވެރިކަން
ގަންނާނީ ޢިލްމުވެރިންނެވެ!!!"
ސަލާމްލެއްވި
ޢީސާގެފާނު ވިދާޅުވިއެވެ. "ތިންވަނަ ޙިމާރުގެ
ބުރިކަށިމަތީގައި ވަނީ ކޮން އެއްޗެއް ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "ޚިޔާނާތްތެރިކަމެވެ!!!
ސަލާމްލެއްވި ޢީސާގެފާނު ވިދާޅުވިއެވެ. "ޚިޔާނާތްތެރިކަން
ގަންނާނީ ކޮން ބަޔެއް ހެއްޔެވެ؟"
އިބްލީސް
ދެންނެވިއެވެ. "ޚިޔާނާތްތެރިކަން ގަންނާނީ
ވިޔަފާރިވެރިންނެވެ!!!"
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "ހަތަރުވަނަ ޙިމާރުގެ ބުރިކަށިމަތީގައި ވަނީ
ކޮން އެއްޗެއް ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ.
"މަކަރުވެރިކަމެވެ!!!"
ސަލާމްލެއްވި ޢީސާގެފާނު
ވިދާޅުވިއެވެ. "މަކަރުވެރިކަން ގަންނާނީ ކޮން ބަޔެއް
ހެއްޔެވެ؟"
އިބްލީސް ދެންނެވިއެވެ. "މަކަރުވެރިކަން
ގަންނާނީ އަންހެނުންނެވެ!!!"
<><><>
ދުންޔަވީ
ޙަޔާތުގައި ތަޖުރިބާ މަދު ޒުވާނާއެވެ!
މި ވާހަކައިން
ޢިބްރަތް ޙާޞިލުކުރާށެވެ! އަންހެނުންނަކީ މަކަރުވެރި
ބަޔެކެވެ. އަންހެނަކު ދައްކާ ދަޅަތަކަކަށް ނުހެއްލޭށެވެ!
އަންހެނުންނަކީ، އަންހެނުން ދެކެ ފިރިހެނުން ލޯބިވާ
ފަދައިން، ފިރިހެނުން ދެކެ ލޯބިވާނެ ބަޔެއް ނޫނެވެ.
އަބަދުވެސް އަންހެނެއްގެ ވިސްނުމާއި ފިކުރު އަމާޒުވާނީ
މުހުތާދަކަށެވެ! އެ މުހުތާދު ފުއްދުމަށް ޓަކައި، އޭނާ
ނަހަދާނެ ދޮގެއް، މަކަރެއް، އިޔަހޫއްޖެއް ނޯންނާނެއެވެ!!!
މަޞްދަރު
كتاب: ابتلاء الأخيار بالنساء الأشرار
تأليف: إسماعيل بن نصر بن عبد المحسن السلاحي