ގަބު ކުއްޖާއާއި މިޔަރު

އެއް ދުވަހަކު، ގަބު ކުއްޖަކު ބޯޓެއްގައި ދަތުރެއް
ކުރިއެވެ.
އެ ދަތުރުގައި އެ ބޯޓު ދަތުރުކުރަމުންދާ
ސަރަޙައްދުގެ މަޢުލޫމާތު އަރަމުންދިޔަ ސްކްރީނެއް އެ
ބޯޓުގައި ވިއެވެ.
ގަބު ކުއްޖާ ގެންދިޔައީ، އެ
ސްކްރީނަށް އަރަމުންދިޔަ މަޢުލޫމާތު ކިޔަމުންނެވެ.
މިޔަރު އުޅޭ ސަރަޙައްދަކަށް އެ ބޯޓު ވާޞިލުވުމުން،
ސްކްރީނަށް އެރިއެވެ.
"މި ތާނގައި މިޔަރު
އެބައުޅެއެވެ."
އެ ހިނދު، ގަބު ކުއްޖާ ހީކުރީ
ސްކްރީން ބަހައްޓާފައި ހުރި ތަނުގައި، ބޯޓު ތެރޭގައި
މިޔަރު އުޅެނީ ކަމަށެވެ. ދެން އޭނާ ބިރުން ކަނޑަށް
ފުންމައިލިއެވެ!!!