އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 34 ވަނަ ޢަދަދެވެ. މި މަޖައްލާއަކީ މާތްﷲ ގެ ވަޖުހުފުޅަށްޓަކައި ނެރޭ ދަރުމަވެތި މަޖައްލާއެކެވެ. މިހާތަނަށް މި މަޖައްލާ، ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދެވެނީ ހިލޭސާބަހަށެވެ.

އެހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، މި ޢަދަދުގައި ވެސް، އެކި މައުޟޫޢުތަކަށް ލިޔެވިފައިވާ މަޒުމޫނުތައް ހިމަނާފައި ވާނެއެވެ. އޭގެ ތެރޭގައި ފަތުވާއާއި މަޢުލޫމާތާއި ޢިބްރަތްތެރި ވާހަކައާއި ޅެމާއި ފޫހިފިއްލި ހިމެނެއެވެ.

ބަޙުރު އީމަޖައްލާގެ މި ޢަދަދަކީ ވެސް ޢިއްޒަތްތެރި ކިޔުންތެރިންގެ އަރިއަހުގައި، ނުހަނު މަޤުބޫލު ޢަދަދެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ، މަޢުލޫމާތުގެ ހެޔޮ މަޞްދަރެއްގެ ގޮތުގައި، ކީރިތިވަންތަ މާތް ﷲ، މި މަޖައްލާ ލެހެއްޓެވުމެވެ. އެކަލާނގެ މި ދުޢާ އިޖާބަކުރައްވާށިއެވެ! އާމީން!

01 ޖަނަވަރީ 2026 މ.