ބަޚީލު މީހާގެ ޥަޞިއްޔަތް


ދަހިވެތި ބަޚީލު މީހަކު މަރަށް ހާޒިރުވި ހިނދު ޥަޞިއްޔަތެއް ކުރިއެވެ.

"ތިމަންގެ ސަންދޯކުގެ އެއް އަރިމަތީގައި ފިލާ ނުޖެހުމަށާއި، އެ އަރިމަތި ޤަބުރުސްތާނުގެ ފާރުގައި ޖެހޭނެހެން، ތިމަން ވަޅުލައިދިނުމަށް ވަޞިއްޔަތްކުރަމެވެ!!!"

އެ ވަޞިއްޔަތް އަޑުއަހަން ތިބި މީހުން އޭނާއާ ސުވާލުކުރިއެވެ.

"އެއީ ކީއްވެގެން ހެއްޔެވެ؟"

ޖަވާބުގައި އޭނާ ބުންޏެވެ.

"އެއް ފިލާ އުނިކޮށްލުމުން، ސަންދޯއް ޖެހުމުގެ ޚަރަދު ކުޑަވެފައި، އޭގެ އަގު ހެޔޮވާނެއެވެ!"