ތެދުމަގު ލިބުނު ޖިންނީންގެ ވާހަކަ

ދުނިޔޭގައި ޖިންނީން އުޅޭ ކަމާމެދު ބައެއް މީހުން
އިންކާރުކުރެއެވެ. އެ މީހުން ހީކުރާ ގޮތުގައި ޖިންނީންނަކީ
ދުނިޔޭގައި އުޅޭ ބަޔެއް ނޫނެވެ. ނަމަވެސް ޖިންނީންނަކީ
ދުނިޔޭގައިވާ ބަޔެއްކަން، ކީރިތި ޤުރްއާނުގެ މޫރިތި
އާޔަތްތަކުން އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ޥަސައްލަމަގެ އަރިއަހަށް، ޖިންނީންތަކެއް މާތްﷲ ފޮނުއްވެވި
ވާހަކަ، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
ތިރީގައި މި ވަނީ، އަލްއަޙްޤާފު ސޫރަތުގައި އެ ވާހަކަ
ބަޔާންކުރައްވާފައިވާ އާޔަތްތަކާއި، އެ އާޔަތްތަކުގެ
ތަރުޖަމާއެވެ.
وَإِذْ صَرَفْنَا إِلَيْكَ نَفَرًا
مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا
حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا
إِلَىٰ قَوْمِهِم مُّنذِرِينَ (29)
މާނައީ:
"ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރްއާނުގެ
އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވި ހިނދު
ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ
އަރިހަށް ޙާޟިރު ވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ.
ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ
ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެ
މީހުންގެ ގާތަށް އިންޛާރު ކުރާ ބަޔެއްގެ ގޮތުގައި އެނބުރި
ހިނގައްޖައޫއެވެ."
And [mention, O Muḥammad], when
We directed to you a few of the jinn, listening to the
Qur’ān. And when they attended it, they said, "Listen
attentively." And when it was concluded, they went back
to their people as warners.
قَالُوا يَا قَوْمَنَا
إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ
مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ
وَإِلَىٰ طَرِيقٍ مُّسْتَقِيمٍ (30)
މާނައީ:
"އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެމީހުންނޭވެ!
ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް
އަހުރެމެން އަހައިފީމުއެވެ. އޭގެ ކުރީގެ ފޮތްތައް
ތެދުކުރަނިވި ގޮތުގައެވެ. ޙައްޤު ގޮތަށާއި، ސީދާވެގެންވާ
ތެދުމަގަށް އެ ފޮތް މަގުދައްކަތެވެ."
They said, "O
our people, indeed we have heard a [recited] Book
revealed after Moses confirming what was before it which
guides to the truth and to a straight path.
يَا
قَوْمَنَا أَجِيبُوا دَاعِيَ اللَّهِ وَآمِنُوا بِهِ
يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ
عَذَابٍ أَلِيمٍ (31)
މާނައީ:
"އޭ އަހުރެމެންގެ
ޤައުމުގެމީހުންނޭވެ! ﷲގެ މަގަށް ގޮވައިލައްވާ ނަބިއްޔާއަށް
(އެބަހީ: މުޙައްމަދުގެފާނަށް) ތިޔަބައިމީހުން
އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް
އީމާންވާށެވެ! (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ
ފާފަތައް ފުއްސަވައި، ވޭންދެވިނި ޢަޛާބުން އެކަލާނގެ
ތިޔަބައިމީހުން ދިންނަވާނެތެވެ."
O our people,
respond to the Caller [i.e., Messenger] of Allāh[1488]
and believe in him; He [i.e., Allāh] will forgive for
you your sins and protect you from a painful punishment.
وَمَن لَّا يُجِبْ دَاعِيَ اللَّهِ فَلَيْسَ
بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ
أَوْلِيَاءُ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ (32)
މާނައީ:
"އަދި ﷲގެ މަގަށް ގޮވައިލައްވާ
ނަބިއްޔާއަށް އިޖާބަނުދޭ މީހާ (ދަންނާށެވެ!) ފަހެ، އޭނާއީ
ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި
އެކަލާނގެ ފިޔަވައި އޭނާޔަށް އެހީތެރި ފަރާތްތަކެއް ވެސް
ނުވެތެވެ. އެއުރެން ވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ."
But he who does not respond to the Caller of Allāh
will not cause failure [to Him] upon earth, and he will
not have besides Him any protectors. Those are in
manifest error."
<><><>
މި އާޔަތްތަކުން
އެނގޭ ގޮތުގައި، އެ ޖިންނީން ވަނީ، ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ޥަސައްލަމަގެ އަރިއަހުން، ކީރިތި ޤުރްއާން
އަޑުއަހައިގެން ދަސްކޮށްފައެވެ. އެއަށްފަހު އެ ޖިންނީން
ވަނީ، އިސްލާމްދީނަށް ވަނުމަށް އެހެން ޖިންނީންނަށް
ގޮވައިލާފައެވެ.
ޖިންނީންނަކީ، މި ދުނިޔޭގައި މާތްﷲ
ލައްވާފައިވާ ބަޔެއްކަން އެނގެނީ، ކީރިތި ޤުރްއާނުގެ މި
ފަދަ މޫރިތި އާޔަތްތަކުންނާއި، ނަބަޥީ ސުންނަތުންނެވެ.
މަޞްދަރު
ކީރިތި ޤުރްއާން
ކީރިތި ޤުރްއާނުގެ ތަރުޖަމާ