ހުވަފެނުގައި މޮޔައިން ފެނުމުގެ ތަޢުބީރު


ތިރީގައި މިވަނީ ހުވަފެން ތަޢުބީރުކުރުމާބެހޭ މަޝްހޫރު ޢިލްމުވެރިން، ހުވަފެނުގައި މޮޔައިން ފެނުން މާނަކޮށްފައިވާ ގޮތްތަކެވެ. އިސްލާމީ ތާރީޚުގައި، ހުވަފެން ތަޢުބީރުކުރުމަށް އެންމެ މަޝްހޫރު ޢިލްމުވެރިއަކީ، އިބްނު ސީރީން (ابن سيرين) އެވެ.


އިބްނު ސީރީން:

ހުވަފެނުގައި މޮޔައިން ފެނުމަކީ، މޮޔަވާ ދަރަޖައަށް މުދާ ލިބޭނެ ކަމުގެ ޢަލާމާތެކެވެ.
ނަމަވެސް އެ މުދަލުން އެމީހަކު އިސްރާފުކުރާނެއެވެ.
އަދި އެމީހަކާ އެކު، އެ މުދަލުން އިސްރާފުކުރުމުގައި ބައިވެރިވާނޭ ނުބައި އެކުވެރިއަކު ވެސް ހުންނާނެއެވެ.
ވެރިކަމެއް ލިބިދާނެ ފަދަ މީހަކަށް، ހުވަފެނުގައި މޮޔައިން ފެނުމަކީ، އޭނާއަށް ވެރިކަމެއް ލިބޭނެ ކަމުގެ ޢަލާމާތެކެވެ.
ހުވަފެނުގައި މޮޔައިން ފެނުމަކީ، ވާރުތައިން ލިބޭ ފޭރާމެއް ކަމަށް ވެސް ބުނެވެއެވެ.


އައްނާބްލިސީ:

ހުވަފެނުގައި މޮޔައިން ފެނުމަކީ، މުއްސަނދިކަމާއި، ޢިއްޒަތްތެރިކަން ލިބޭނެ ކަމުގެ ޢަލާމާތެކެވެ.
އަދި އެއީ، ދުންޔަވީ އުފާތަކެއް ޙާޞިލުވާނެ ކަމުގެ ދަލީލެއް ވެސްމެއެވެ.
އަދި އެއީ، ސުވަރުގެ ޙާޞިލުވާނެ ކަމުގެ ހެޔޮ ފާލެއް ކަމަށް ވެސް ބުނެވެއެވެ.
އާންމު ގޮތެއްގައި އެއީ ލިބެން އޮތް ފައިސާގެ ތަނަވަސްކަމެކެވެ.
މޮޔަ ކުއްޖެއް ފެނުމުގެ މާނައަކީ، އެކުއްޖާގެ ބައްޕަ މުއްސަނދިވުމެވެ.
މޮޔަ އަންހެނަކު ފެނުމުގެ މާނައަކީ، އަހަރުގެ ތަނަވަސްކަމެވެ.
މޮޔަކަމުން، ލޯތްބާއި، ހެޔޮ ޢަމަލުތަކަށް ވެސް ދަލީލުލިބެއެވެ.


އިބްނު ޝާހީން:

ހުވަފެނުގައި މޮޔައިން ފެނުމަކީ، ޙަރާމް ގޮތުގައި ރިބާއިން މުދާތަކެއް ލިބޭނެ ކަމުގެ ޢަލާމާތެކެވެ.
މޮޔަޔަކު ހުވަފެނުގައި ފެނިފައި، އޭނާ ދެކެ ބިރުގެންފައިވާ ޙާލު، އޭނާގެ ކިބައިން ގެއްލުމެއް ނުލިބޭ ކަމަށް ވަނީނަމަ، އެއީ، ދުޝްމަނެކެވެ. ނަމަވެސް އެ ދުޝްމަނުގެ ކިބައިން ގެއްލުމެއް ނުލިބޭނެއެވެ.
މޮޔައިން ފެންނަ ހުވަފެނުގެ މާނައިގައި، މައިގަނޑު ގޮތެއްގައި ފަސް ކަމެއް ހިމެނެ އެވެ. އެއީ:

1. ޚިޔާނާތްތެރި ވެރިއެއް (ގައުމެއްގެ).
2. ބޭނުން ކެނޑިފައި ވާ ޖަނަވާރެއް.
3. ދީންވެރިކަމެއް ނެތް މީހެއް.
4. ލަދުހަޔާތްކުޑަ ކަމަށް މަޝްހޫރުވެފައިވާ ޖަމާޢަތެއް.
5. ދެކޮޅުވެރި ދުޝްމަނެއް.


މޮޔަ އަންހެނަކު ފެނުމުގެ މާނަތައް:

1. އޭނާ ތިބާއާ ކުރިމަތިލައިގެން އުޅެނިކޮށް ފެނުނުނަމަ، އެއީ ތިބާއަށް ލިބޭނެ ދުންޔަވީ ފައިދާތަކެކެވެ.
2. ތިބާ އޭނާދެކެ ބިރުން އުޅެނިކޮށް ފެނުނުނަމަ، އެއީ ތިބާ އަށް ލިބޭނެ ދެރަ މުދާތަކެކެވެ.
3. އޭނާ ތިބާއަށް އެއްޗެއް ދިންކަމަށްވަނީނަމަ، އެއީ ތިބާއަށް ލިބެން އޮތް އިތުރު ހެޔޮ ކަންތައްތަކެކެވެ.
4. އޭނާ ތިބާއަށް ފުރަގަސްދީފައި ދަނިކޮށް ތިބާ އޭނާގެ ފަހަތުން ދާތަން ފެނުނުނަމަ، އެއީ ތިބާއަށް ލިބިފައިނުވާ އެއްޗެއް ހޯދަން އުޅޭ ކަމުގެ ޢަލާމާތެކެވެ.
5. އޭނާ ތިބާއާ ކުރިމަތިލުމުން ތިބާ އޭނާއަށް ފުރަގަސްދީފައިދާ ތަން ފެނުނުނަމަ، އެއީ ތިބާއަށް ދުނިޔެއިން ލިބެން އޮތް ދުންޔަވީ ފައިދާތަކަކާއި، ތިބާ އެއަށް ބޭނުންވެގެން ނޫޅޭކަމުގެ ނިޝާނެކެވެ.


އަލްކަރުމާނީ:

ހުވަފެނުގައި މޮޔައިން ފެނުމުގެ މާނައަކީ:

1. ޚިޔާނާތްތެރި ވެރިއެއް (ގައުމެއްގެ).
2. ބޭނުންކެނޑިފައިވާ ޖަނަވާރެއް.
3. ދީންވެރިކަމެއް ނެތް މީހެއް.
4. ލަދުހަޔާތްކުޑަ ކަމަށް މަޝްހޫރުވެފައިވާ ބައިގަނޑެއް.
5. ދެކޮޅުވެރި ދުޝްމަނެއް.

މޮޔަ މީހާގެ ކިބައިން ތިބާއަށް ގެއްލުމެއް ލިބުނުނަމަ، މި ފަސް ފަރާތުންކުރެ ފަރާތަކުން ތިބާއަށް ގެއްލުމެއް ލިބޭނެ އެވެ. އޭނާގެ ކިބައިން ގެއްލުމެއް ނުލިބޭކަމަށްވަނީނަމަ، ސަލާމަތާއި ރައްކާތެރިކަން ހުއްޓެވެ.