"ގެއްލުނު ސުވަރުގެ" އިން



ކޯރެއްގެ ވާ އައްސޭރިޔާ ކުދިރާޅުތައް ކުޅެލާއިރުން،
ނޫރެއް އައިސް މުޅި ދޭހުގައި އަލިކަން ތަނަށް ފަތުރާލުމުން.

ގަސްތަކުތެރޭ ވާދޫނިތައް ގަސްތައް މަތިން އުދުހޭތަނާ،
މަސްތައް ހިފައިގެން ދާތަނާ ލަސްނުވެ އިޢާދަވެދާކަމުން.

އޭރަކު ނެތޭ އެނގިފައި ކަމެއް ކުޅިވަރުމެ ނޫނީ ދުނިޔެއިން،
ބޭރުން މިވާ ފަރުދާތަކަށް ރޭރުވެ މަމެން ނުބަލަން ސަފުން.

ނަމަވެސްދަނީ ކުޅަނދުރު ފަހައި ދުވަމުން ނަށައި ފުމެމުން ހެމުން،
ހަމަވިސްނުމަށް މީ ކުޅިވަރެއް ކަމުގައި މަމެންނަށް ވާކަމުން.

ބިޔަ ހިލަތަކާއި ފެހި ގަސްތަކުން ފުރިފައިއެވާ ފަރުބަދަތަކަށް،
ނިޔަނެތިކަމާ އެކުގައި އަރާ، ފައިބާ އުޅުން އުފަލެއްކަމުން.

ކުދި ދޫނިތައް ވާ ހާލިތައް ދޭހާ ހިޔާތަކުގައި މަމެން،
ކުދި ގޭއަޅައި ކުރަނީ ހިޔާ، ކުދި ފަތްތަކާ ކުދި މާތަކުން.

މިގޮތަށް ބިނާކުރެވޭ ގެޔާ ވައިރޯޅިތައް ކުޅެލާއިރުން،
ދެގޮތެއް އެޔަށް ނުވަނީސް ފަނާވިޔަކަސް ދަނީ ހިނިތުންވަމުން.