ކުރު މަޒުމޫނުތަކެއް


ތާރީޚު ބުންޏެވެ.
މިނިވަންކަމަކީ، ސިޓީއުރައަކަށް ލާފައި ދޭ ހަދިޔާއެއް ނޫނެވެ.
އެކަމަކު އެއީ ބުރަމަސައްކަތުން ހޯދާ ޖައުހަރެކެވެ.

ޖިންނީންގެ ރަސްރަސްކަލުންނާއި ބާގަތައް


ޖިންނީންގެ ތެރޭގައި މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން ހިމެނެއެވެ. އަދި ކާފިރު ޖިންނީންނާއި އިބްލީހުގެ ދަރީން ވެސް ހިމެނެއެވެ. މި ލިއުމުގައި ވާނީ، ޖިންނީންގެ ރަސްރަސްކަލުންނާއި، ބައެއް ބާގަތަކެވެ.

މުސައިލަމަތުލް ކައްޛާބުގެ ޤުރުއާން


ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނަބީކަމަށް ދަޢުވާކުރި މީހުންގެ ތެރެއިން އެކަކީ މުސައިލަމަތުލް ކައްޛާބެވެ. އޭނާއަކީ، ބަނޫ ޙަނީފާ ޤަބީލާގެ މީހެކެވެ. އޭނާއަކީ، ދޮގުވެރި ކައްޒާބެއްކަން އެ ޤަބީލާގެ މީހުންނަށް އެނގެއެވެ.

އަމިއްލަޒާތުގައި މީހުން އަނދައިހުލިވުން


ސަބަބެއްނެތި އަމިއްލަޒާތުގައި މީހަކު އަނދައި އަޅިޔަށްވުމަށް އިނގިރޭސި ބަހުން ކިޔަނީ، (Spontaneous Human Combustion) ނުވަތަ (SHC) އެވެ. އެއީ، ޙަޤީޤަތް ނޭނގޭ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ.

ޙައްޝާޝީން


ޙައްޝާޝޫން ނުވަތަ (Hashshashin) ޙައްޝާޝީންނަކީ، އިސްމާޢީލިއްޔަ ވަންހައިގެ ނިޒާރިއްޔަ ދަރިކޮޅުގެ ބަޔެކެވެ. އިސްލާޢީލިއްޔަ ވަންހައަކީ، މުސްލިމުންގެ ގިންތިތަކުގެ ތެރެއިން ސުންނީންނާ ތަފާތު ގޮތްތަކެއް ގަބޫލުކުރާ ބަޔެކެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ މަޒުހަބުތައް



ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ވެސް ބެހިގެންވަނީ މަޒުހަބުތަކަކަށެވެ. އޭން ކޮންމެ މަޒުހަބެއްގެ ބަޔަކުމެ ގަބޫލުކުރަނީ، ދުންފަތުގެ އިސްތިޢުމާލުކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެބަޔަކު ތަބާވާ މަޒުހަބުގައި އޮތް ގޮތް ކަމަށެވެ.

ހުވަފެނުގައި މޮޔައިން ފެނުމުގެ ތަޢުބީރު


ތިރީގައި މިވަނީ ހުވަފެން ތަޢުބީރުކުރުމާބެހޭ މަޝްހޫރު ޢިލްމުވެރިން، ހުވަފެނުގައި މޮޔައިން ފެނުން މާނަކޮށްފައިވާ ގޮތްތަކެވެ. އިސްލާމީ ތާރީޚުގައި، ހުވަފެން ތަޢުބީރުކުރުމަށް އެންމެ މަޝްހޫރު ޢިލްމުވެރިއަކީ، އިބްނު ސީރީން (ابن سيرين) އެވެ.

ހުވަފެނުގައި އިބްލީސް ފެނުމުގެ ތަޢުބީރު


ހުވަފެނުމުގައި އިބްލީސް ފެނިއްޖެނަމަ، އެކަމުން ދޭހަވާ މާނަތަކެއް ވެ އެވެ. އެފަދަ ހުވަފެން ތަޢުބީރުކުރެވެނީ، އެ މާނަތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އާންމު ނަޒަރަކުން ބަލާއިރު، ހުވަފެނުގައި ފެންނަ އިބްލީހަކީ، އަނިޔާވެރި ވެރިއެއް ކަމަށް ބުނެވެ އެވެ.

އަހަރެން ބުރުގާ އަޅަނީ ކީއްވެ؟


އަހަރެން ބުރުގާ އަޅަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ހަމައެކަނި ރީއްޗަކަށް ބޯމަތީގައި ބާއްވާލައިގެން އުޅޭ ފޮތިކޮޅެއް ނޫނެވެ. އެކަމަކު ފައިދާހުރި، އެތައް ކަންތައްތަކެއް ވަނީ އެއާ ގުޅިފަ އެވެ. އެއިން ބައެއް ކަންތައްތަކަކީ:

އެއްކައުވަންތަކަން ސާބިތުވާ ބައެއް ދަލީލުތައް


މާތް ﷲ އީ، އެއްކައުވަންތަ ކަލާނގެ ކަމާއި، އެކަލާނގެ އެއްކައުވަންތަކަން ސާބިތުވާ އެތައް ދަލީލުތަކެއް ވެއެވެ. އޭގެ ތެރޭގައި، މުޤައްދަސް ފޮތްފޮތުގައިވާ ކިތާބިއްޔަ ދަލީލުތަކާއި، ފަލްސަފީ ދަލީލުތަކާއި، ތާރީޚީ ދަލީލުތައް ވެއެވެ.

މީހަކު ބުނާހައި ކަމެއް ނުކުރާށެވެ!


ނޫކަށިފުރައިގެ ޒުވާން ކުއްޖަކު ބާޒާރުކުރަން އުޅެނިކޮށް، އުމުރުން ދުވަސްވެފައިވާ ދައިތައެއް އޭނާގެ ފަހަތުން އަޅުވާލި އެވެ. އެ ދައިތަ، އެކުއްޖާ ދާ ކޮންމެ ތާކަށް ދެ އެވެ. އެކުއްޖާއަށް މިކަން ފާހަގަކުރެވިގެން އެ ދައިތަގެ ކުރިމައްޗަށް ހުއްޓިލާފައި ބުންޏެވެ.

ދެ ކޮތަރާއި ގޮދަން ހާލި


އެއްޒަމާނެއްގައި ދެ ކޮތަރެއް އުޅުނެވެ. އެއީ އަންހެން ކޮތަރަކާއި ފިރިހެން ކޮތަރެކެވެ. އެ ދެ ކޮތަރު އިނދެގެން ހެދި ހާއްޔަށް ހިމަ ގޮދަނާއި ފަލަ ގޮދަން ޖަމާކޮށް ހާލި ފުރާލިއެވެ. އޭރު އެއީ ނުހިކި ހުރި ގޮދަނެވެ.

ވިޔާނުދާ ކަމެއްގެ ނިމުން


ފިރިމީހާ ވިޔާނުދާ ކަމެއް ކުރަން ފެށިއެވެ. އެއީ ނޭދެވޭ ކަމެއްކަން ބުނެދިނުމަށްޓަކައި އަނބިމީހާ އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ފިރިމީހާ ގަބޫލެއް ނުކުރިއެވެ. ފިރިމީހާ ގަބޫލުކުރާ ގޮތުގައި އޭނާ ކުރަނީ ވިޔާނުދާ ކަމެއް ނޫނެވެ.

"ގެއްލުނު ސުވަރުގެ" އިން



ކޯރެއްގެ ވާ އައްސޭރިޔާ ކުދިރާޅުތައް ކުޅެލާއިރުން،
ނޫރެއް އައިސް މުޅި ދޭހުގައި އަލިކަން ތަނަށް ފަތުރާލުމުން.

ގަސްތަކުތެރޭ ވާދޫނިތައް ގަސްތައް މަތިން އުދުހޭތަނާ،
މަސްތައް ހިފައިގެން ދާތަނާ ލަސްނުވެ އިޢާދަވެދާކަމުން.

"ޙަޔާތުގެ އިރާދަ" އިން



ޒަމާންތައް ހިނގައިދެޔެ އެތައް ކަންކަމެއް،
އައިސް ގޮސް އޮބައި ދާނެހެން މާޒިޔަށް.

ލޮލަށް ފެންނަ ހުވަފެންތަކެއް ވާފަދައިން،
މުޅިން ސާފު ނުމެވާ ޙަޤީޤަތް ކަމަށް.

ތާނަ


ހާ، ށަވިޔަނި، ނޫނާ، ރާޔާ، ބާޔާ،
މިގޮތަށް ގޮސް ނަލަ ޗަވިޔަންޏާ ހަމައަށް،
ކާބަފައިން ލިޔެ ދޫކޮށްދިޔަ ކަރުދާސް،
މީޔޭ ވާރުތައިން އައި މޮޅު މީރާސް!

އިމްތިޙާނެއްގައި ކުއްޖަކު ދީފައިވާ ޖަވާބުތަކެއް


ސުވާލު: ބޮޑު ޝިރުކާއި ކުޑަ ޝިރުކަކީ ކޮބައިހެއްޔެވެ؟
ޖަވާބު: ބޮޑު ޝިރުކަކީ ބޮޑު ބުދަށް އަޅުކަންކުރުމެވެ. ކުޑަ ޝިރުކަކީ ކުޑަ ބުދަށް އަޅުކަންކުރުމެވެ.

ނަމުގެ ފުރަތަމަ އަކުރުން ދޭހަވާ މާނަ


ތިރީގައި މިވަނީ، އަންހެންކުދިންގެ ނަމުގެ ފުރަތަމަ އަކުރުން ދޭހަވާ ބައެއް މާނަތަކާއި، އޭގައިވާ ބައެއް ސިއްރުތަކެވެ.

ޝައިޚަކަށް ވާންއުޅުނު ޖާހިލެއް


ޖާހިލަކު، އޭނާއާމެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލަން ޤަޞްދުކުރިއެވެ. ދެން ދެތިންދުވަހު، ދީނީ ދަރުސް އަޑުއަހާލަން ދިޔައެވެ. އެއަށްފަހު، އޭނާއަކީ ވެސް ދީނީ ދަރުސްތައް ދެވިދާނެ ޝައިޚެއް ކަމަށް ޤަބޫލުކުރިއެވެ.

ދަހި މީހަކާއި އޭނާގެ ދަރިފުޅުގެ ވާހަކަ


އެއްދުވަހަކު، މުށްބާރު، ބަޚީލު، ދަހި މީހެއްގެ ރަޙުމަތްތެރިއަކު އޭނާގެ ގެއަށް ޒިޔާރަތްކުރިއެވެ. އެ ރަޙުމަތްތެރިއާ އަށް، ދަހި މީހާއަކީ، ދީލަތި މީހެއް ކަމަށް ހީކުރުވުމަށްޓަކައި، ދަހިމީހާ އޭނާގެ ފިރިހެން ދަރިފުޅަށް ގޮވާލާފައި ބުންޏެވެ.

މަޖީދީމަގުން ފެނުނު ބިޔަ ކިނބޫ


މީހަކު ރޭގަނޑު ދަންވަރު އޭނާގެ އެކުވެރިއަކަށް ފޯނުކޮށްފައި ބުންޏެވެ.
"ތިމަންނާ މިހާރު މިހިރީ މަޖީދީމަގު ރާވެރިޔާ ރެސްޓޯރެންޓް ކައިރީގައެވެ. މިތާނގައި އޮތް ކާރެއްގެ މަތީގައި މާސިންގާ ބިޔަ ކިނބުލެއް އެބައޮތެވެ!"