މަޖީދީމަގުން ފެނުނު ބިޔަ ކިނބޫ


މީހަކު ރޭގަނޑު ދަންވަރު އޭނާގެ އެކުވެރިއަކަށް ފޯނުކޮށްފައި ބުންޏެވެ.
"ތިމަންނާ މިހާރު މިހިރީ މަޖީދީމަގު ރާވެރިޔާ ރެސްޓޯރެންޓް ކައިރީގައެވެ. މިތާނގައި އޮތް ކާރެއްގެ މަތީގައި މާސިންގާ ބިޔަ ކިނބުލެއް އެބައޮތެވެ!"

އެކުވެރިޔާ ބުންޏެވެ.
"ތިޔަ ކިނބުލުގެ ވާހަކަ އަވަހަށް ފުލުހުންނަށް އަންގާށެވެ!"

އެމީހާ ބުންޏެވެ.
"ފުލުހުން މިތަނަށް އަތުވެއްޖެނަމަ، ކިނބޫ ހައްޔަރުކުރުމުގެ ކުރިން ތިމަންނާ ހައްޔަރުކޮށްފާނެތީ މިހިރީ ބިރުންނެވެ!!! ތިބާ މިތަނަށް އައިސް ފުރަތަމަ ތިމަންނާ ސަލާމަތްކޮށްދީބަލާށެވެ!"

ދެން އެކުވެރިޔާ އޭނާގެ އަވަށްޓެރިންގެ ތެރެއިން ހައެއްކަ މީހުންނާއެކު، ކިނބޫ ހައްޔަރުކުރާނެ ސާމާނާއި ހައެއްކަ ލަޓިބުރި ހިފައިގެން މަޖީދީ މަގުގެ ހުޅަނގު ކޮޅަށް ދިޔައެވެ. އެހިނދު އެއްކަލަ ފޯނުކުރި މީހާ ރާވެރިޔާ ރެސްޓޯރެންޓްގެ ކުރިމަތީގައި ހުއްޓިގެން ހުއްޓައި ފެނުނެވެ. އޭރު އޭނާގެ ދެފައިވަނީ ކަކުލުހުޅުން އާދަޔާ ޚިލާފަށް ލެނބިފައެވެ! އޭނާ ހުރީ އިސްދަށަށް ޖަހައިގެން ބިންމައްޗަށް ބަލަހައްޓައިގެންނެވެ.

އެމީހުން އަވަހަށް އޭނާގެ ކައިރިއަށްގޮސް، ކިނބޫ ކޮބައިތޯ އެއްސެވެ. އޭނާ އަތުން ބިންމައްޗަށް އިޝާރާތްކޮށްފައި ބުންޏެވެ.
"އެއޮތީއެވެ. އެ އޮތް ކާރުގެ މަތީގައި އެގޮލާ އެއޮތީ ތަންމިނަށް އަނގަ ހުޅުވައިގެން ނޫންހެއްޔެވެ؟ ކަލޭމެންނަކަށް ނުފެނޭ ހެއްޔެވެ؟"

ދެން އެމީހުން އޭނާ އިޝާރަތްކުރި ތަނަށް ބެލިއިރު އެތާނގައި ނޫސްކަރުދާސްގަނޑެއް ނޫން އެއްޗެއް ނެތެވެ! އެމީހުން އެކަރުދާސްގަނޑު ނަގައިގެން ބެލިއިރު، އޭގައިވަނީ ކާރެއްގެ ފޮޓޯއެކެވެ! ފޯނުކުރި މީހާއަށް ފެނިގެން މިއުޅެނީ، އެ ކާރުގެ މައްޗަށް އަރައިއޮތް ކިނބުލެއްކަން އެނގުމުން އެމީހުން ހީނހީނ ވަރުބަލިވިއެވެ!