"ޙަޔާތުގެ އިރާދަ" އިން



ޒަމާންތައް ހިނގައިދެޔެ އެތައް ކަންކަމެއް،
އައިސް ގޮސް އޮބައި ދާނެހެން މާޒިޔަށް.

ލޮލަށް ފެންނަ ހުވަފެންތަކެއް ވާފަދައިން،
މުޅިން ސާފު ނުމެވާ ޙަޤީޤަތް ކަމަށް.

އެތައް ހާސް ސުއާލެއް ވެޔޭ މިކަމުގައި،
ޙަޤީޤަތް އަހައި ސިއްރުތައް ހޯދުމަށް.

ކޮބައިހޭ ފޮގާ، ދުންފިނިން ވާ ސަމާ؟
ކޮބައިހޭ އަރައިދިޔަ ވިލާތައް އުޑަށް؟

ކޮބައިހޭ ހަވީރުގެ މަނާޒިރުތަކާ،
އަރާ ރަތްވިލާ ރަށްމަތީ އުދަރެހަށް؟

ކޮބައިހޭ ހަނދާ، ފެތުރިދާ ހަނދުވަރާ،
އެއިން ވިހުރިދާ ދޫލަތައް މެދު އުޑަށް؟

ކޮބައިހޭ އަރާ ލޭކޮކާ އައިނުތައް،
ނަށައި އުދުހެމުން ދަނޑުތަކުން ރަށުތެރަށް؟

ކޮބައިހޭ ފެވޭ ދޯދިތައް ކައުނުގައި،
އުފާތައް ހިފައިގެން ޙަޔާތުގެ ތެރަށް؟

ކޮބައިހޭ އެޔަށް އިންތިޒާރެއް ވެވޭ،
ޙަޔާތާއި ގުލްޝަން އުފާ ހޯދުމަށް؟