އަބްޖަދު ހައްވަޒަށް ނަޒަރެއް

ޢަރަބި އަލިފުބާގެ އަކުރުތައް ހިމެނޭ، އަބްޖަދު ހައްވަޒަކީ، ދިގު ތާރީޚެއް ލިބިފައިވާ ޒަމާންވީ ތަރިކައެކެވެ. ބުނެވޭ ގޮތުގައި، އޭގެ ފުރަތަމަ ހަ ލަފުޒަކީ، މަދުޔަނުގެ ރަސްރަސްކަލުންގެ ނަންތަކެކެވެ. އެ ނަންތަކަކީ:

ޢަރަބި އަލިފުބާގެ އަކުރުތައް ހިމެނޭ، އަބްޖަދު ހައްވަޒަކީ، ދިގު ތާރީޚެއް ލިބިފައިވާ ޒަމާންވީ ތަރިކައެކެވެ. ބުނެވޭ ގޮތުގައި، އޭގެ ފުރަތަމަ ހަ ލަފުޒަކީ، މަދުޔަނުގެ ރަސްރަސްކަލުންގެ ނަންތަކެކެވެ. އެ ނަންތަކަކީ:

ޢަރަބި ބަހުގައި ނުބައި މާނަ އެކުލެވޭ އަންހެން ނަންތަކެއް ވާކަމަށް ބުނެވެއެވެ. އެފަދަ ބައެއް ނަންތައް އުފެދިފައިވަނީ، ޢަރަބި ބަހުގައިވާ އަންހެން ނަމާއި ފިރިހެން ނަމުގެ ސަބަބުން ކަމަށް ވެސް ބުނެވެއެވެ. އެއީ، ފަހަރެއްގައިވެސް އަންހެނުންނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން އުފެއްދިފައިވާ ނަންތަކެއް ނޫނެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މައްކާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 22 އޭޕްރީލް 571 މ. ގައި ކަމަށް ވާރިދުވެފައި ވެއެވެ. އެއީ ފީލު އަހަރު ކަމަށާއި، އެއީ ރަބީޢުލްއައްވަލު މަހެއް ކަމަށް ވެސް ވާރިދުވެފައި ވެއެވެ.

ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ޢަރަބި ލިއުން ތަޢާރަފުވެގެންދިޔައީ މައިގަނޑު ދެ މަޝްރޫޢެއްގެ ތެރެއިންނެވެ. އެއް މަޝްރޫޢަކީ، ރައީސް މައުމޫނުގެ ޒަޢާމަތުގައި ދިވެހި ސަރުކާރުން ހިންގެވި ރީތިކޮށް ޢަރަބި ތާނަ ލިޔަން ދަސްކޮށްދިނުމުގެ މަޝްރޫޢެވެ. އަނެއް މަޝްރޫޢަކީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އިން ހިންގެވި ޢަރަބި ލިޔަން ދަސްކޮށްދޭ މަޝްރޫޢެވެ.

ތިމާ މުހުތާދުވާ ކަމެއް ނުވަތަ އެއްޗެއް އެހެން މީހުންގެ އަތުން ޙާޞިލުކުރަން އެދޭނަމަ، ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތިމާ އަށް އެހީތެރިވެދިނުމުގެ ޝައުޤުވެރިކަން އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. މިކަން ކުރުމަށްޓަކައި ބޭނުންކުރެވިދާނެ އެތައް ވަސީލަތްތަކެއް ވެއެވެ.

ޙަޔާތުނާމާ (Biography) އަކީ، އެންމެ ސާދާކޮށް ބުނާނަމަ، މީހެއްގެ ދިރިއުޅުމުގެ ވާހަކައެވެ. އެއީ، މަދު ޖުމުލަތަކެއްގެ މައްޗަށް އެކުލެވިފައިވާ އެއްޗެއް ކަމުގައި ވެދާނެއެވެ. އަދި އެއީ ފޮތެއް ނުވަތަ އެއް ފޮތަށްވުރެ ގިނަ ފޮތް ކަމުގައި ވެސް ވެދާނެއެވެ.

ޔުނިވަރސިޓީގައި ދަރިވަރުންނަށް ޢިލްމީ ދިރާސާގެ މާއްދާ ކިޔަވައިދެނީ، އެމީހުންނަށް ޢިލްމީ ތަރުބިއްޔަތު ދީ، އެމީހުންނަކީ، މަންހަޖީ ގޮތެއްގައި މަސައްކަތްކުރާނެ އުސްތާޛުންނާއި މުޙައްޤިޤުންނަށް ހެދުމަށްޓަކައެވެ. އެކެޑަމިކް ޢިލްމީ ދިރާސާތައް ކުރުމަށާއި، އެކިއެކި ރޮނގުރޮނގުން ތަޙުޤީޤުކުރުމަށްޓަކައި އެމީހުންނަށް މަގުދައްކައިދީ އެ ރޮނގުން އެމީހުން ބިނާކުރުމަށްޓަކައެވެ.

މިއީ، ކޮންމެ މުސްލިމަކުމެ، އާންމުކޮށް ކިޔަންޖެހޭ ޒިކުރާއި ދުޢާއެވެ. މިތަކެތި ކުޑައިރުއްސުރެ ދަސްކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. މިތަކެތި ކިޔުމަށް ކުޑައިރު އާދަ ނުކޮށްފިނަމަ، ފަހުން އެކަން ކުރަން އުނދަގޫވާނެއެވެ. ކުޑައިރު ދަސްކުރާ އެއްޗެހި، ހިލައިގައި ބިންވަޅު ނަގާ ފަދައިން، ހިތުގައި ހަރުލައެވެ.

އެމެރިކާ މީހުންގެ ދިރިއުޅުމުގެ މައްޗަށް ނަޒަރު ހިންގާލައިފިނަމަ، ސަލާމަތް ބުއްދީގެ އަހުލުވެރިންނަށް ބަލައިނުގަނެވޭނެ އާދަކާދަތައް އެމީހުންގެ ތެރޭގައި ވެއެވެ. ޚާއްޞަކޮށް، ހަރުދަނާ މުސްލިމުން އެފަދަ އާދަކާދަތަކެއް ބަލައެއް ނުގަންނާނެއެވެ. މި ލިޔުމުގައި ގެނެސްދޭނީ އެއިން ބައެއް އާދަކާދަތަކެވެ.

ދުނިޔޭގެ ބައްރުތަކުގެ ތެރެއިން ތިން ބައްރެއް ކަމުގައިވާ އޭޝިއާ އާއި، އެފްރިކާ އާއި، ޔޫރަޕަށް ޚާއްޞަ މީޒާތަކެއް ލިބިފައި ވެއެވެ. އެއިން އެއް މީޒާއަކީ، މި ތިން ބައްރު ގުޅިފައިވާ ކަމެވެ. މި ސަރަޙައްދުގެ ޗާޓަށް ނަޒަރު ހިންގައިލާއިރު، ފާޅުކަންބޮޑު ގޮތެއްގައި، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ނަންފުޅު ފެނެއެވެ.

ލިއުންތައް ފެށިފައިވަނީ، ޤިބުލަ ފަރާތު ފާރުގެ ކަނާތްފަރާތު ކަނުންނެވެ. ތިރީގައި މިވަނީ ކޮންމެ ފިލައެއްގެ ލިއުން ވަކިންނެވެ. މި ލިއުންތައް ދިރާސާކުރުމުން އެނގިދާނެ މުހިންމު އެއް ކަމަކީ، އޭރު ދީނީ ފިކުރު އޮތް ގޮތެވެ.

މާލޭ ހުކުރު މިސްކިތު މިޙުރާބުގޭގައިވާ ފިލާގައި، އެ ފިލާ ލިޔެވުނު ތާރީޚު ބަޔާންކޮށްފައި ވެއެވެ. އެ ފިލާގައި، އެ ވާހަކަ ގެނެސްފައިވަނީ، ތިން ފޮޅުވަތުގެ މައްޗަށް އެކުލެވޭ ލިއުންކޮޅެއްގައެވެ. އެ ތިން ފޮޅުވަތުގައި ލަފުޒުތައް ތަރުތީބުކުރެވިފައިވަނީ، ޢިބާރާތްކުރުމުގެ ތަރުތީބުންނެއް ނޫނެވެ.

މާލޭ ހުކުރުމިސްކިތް ބިނާކުރެއްވުމަށް އަމުރުކުރެއްވީ ކޮން ރަސްކަލެއްކަން ބުނެދޭ ލިއުމެއް، އެ މިސްކިތު މިޙްރާބު ފިލާގައި ލިޔެފައި ވެއެވެ. މި މަޒުމޫނާއެކުގައިވާ ތަޞްވީރަކީ، އެ ލިއުމުގެ ފޮޓޯއެކެވެ.

މާލޭ ހުކުރުމިސްކިތުގައިވާ ލިއުންތައް އެންމެ ފުރިހަމައަށް ނަކަލުކުރެވިފައިވާނެ މަޞްދަރު ކަމަށް ބެލެވޭ ފޮތަކީ، "މާލޭ ހުކުރު މިސްކިތް" އެވެ، ކިޔާ ފޮތެވެ. ހުކުރުމިސްކިތުގައިވާ ލިއުންތަކާއި، އެ ފޮތުގައިވާ ލިއުންތައް އަޅާބަލާއިރު، ބައެއް ލިއުމުގައި ނަކަލުކުރުމުގެ ތަފާތު ހުރިކަން ފާހަގަކުރެވެއެވެ.

މާލޭ ޢީދު މިސްކިތުގައި، ވަރަށް މުހިންމު ދެ ތާރީޚެއް ބަޔާންކޮށްދޭ ދެ ލިއުމެއް ވެއެވެ. އެއް ލިއުމަކީ، މިސްކިތް ހިޔާކުރެވުނު ތާރީޚެވެ. އަނެއް ތާރީޚަކީ، މިސްކިތުގައި ޢީދު ނަމާދު ކުރެވުނު ތާރީޚެވެ. ފުރަތަމަ ލިއުން ހަރުކޮށްފައި ވަނީ، މިސްކިތުގެ ދޮރުމަތީގައެވެ.

މާލޭ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭގައިވާ ބޮޑުތަކުރުފާނު ޒިޔާރަތުގެ މައިދޮރުގެ ދެފަރާތުގައި ދެ ލިއުމެއް ލިޔެވިފައި ވެއެވެ. އެ ދޮރަކީ، ޒިޔާރަތުގެ ދެކުނުފަރާތު ބިތުގައިވާ ދޮރެވެ. ދޮރުގެ އިރުމަތީ ފަރާތުގައި ލިޔެވިފައިވަނީ، ޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ ކޮން ބޭކަލެއްކަން އަންގައިދޭ ލިއުމެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ދަތުރެއް ކުރެއްވުމަށްޓަކައި ފުރާވަޑައިގަންނަވާއިރު، ދުޢާފުޅެއް ކުރައްވާ ކަމަށް ޞަޙީޙު މުސްލިމުގައި ވާރިދުވެފައި ވެއެވެ. ތިރީގައި މިވަނީ އެ ދުޢާފުޅެވެ.

މާލޭ މަސްޖިދުއްތަޤުވާގެ ޤިބުލަ ފާރުގެ އެތެރޭގައި ހަރުކޮށްފައިވާ ހިލައަކީ، ދިވެހިރާއްޖޭގެ މުހިންމު އާސާރީ ތަރިކަތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި އެއީ، ދިވެހިރާއްޖޭގައިވާ ޤަދީމީ ލިއުމުގެ މުހިންމު މަޞްދަރެކެވެ. އެ ހިލައަށް ކިޔޭ އެއް ނަމަކީ، "ހިއްތަންފިލާ" އެވެ.

(أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ
أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا
تَعْقِلُونَ)
އަލްބަޤަރާ: 44
މާނައީ،
"ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި
ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެމަތިން
ހަނދާންނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް
އަމުރުކުރަނީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން
ނުވިސްނަނީހެއްޔެވެ؟"

ބައިނަލްއަޤުވާމީ ރައްކާތެރިކަންބޮޑު އިންޓަނެޓް ދުވަސް ފާހަގަކުރެވެނީ، ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ދުވަސް ފާހަގަކުރެވެނީ، ރައްކާތެރިކަންބޮޑު ވެށްޓަކަށް އިންޓަރނެޓްގެ ވިއުގަ ހެދުމުގެ ރޫޙު އުފެއްދުމަށްޓަކައެވެ. އިންޓަރނެޓާއި އޭގެ ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތައް އަމާންކޮށް އީޖާބީ ގޮތެއްގައި ދެމެހެއްޓުމަށްޓަކައެވެ.

މުޖުތަމަޢުގެ އަފުރާދުންގެ ސަގާފަތު ބިނާކުރުމުގައި މީޑިއާ އަދާކުރަނީ ވަރަށްބޮޑު ދައުރެކެވެ. އެމީހުންގެ ހޭލުންތެރިކަން ބައްޓަންކުރަނީ މީޑިއާއެވެ. އެމީހުން ސަމާލުކަން ދޭންވީ މައްސަލަތައް ދައްކައިދެނީ މީޑިއާއެވެ. މީޑިއާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ ބުއްދިއާއި ޝުޢޫރު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ނުފޫޒު ހިންގާ ވަރުގަދަ ބާރެކެވެ.

ބަދަލުގެ ތަރުކީބު އެކުލެވިގެންވަނީ، ދެ ބަޔަކުންނެވެ. ފުރަތަމަ ބަޔަށް ކިޔަނީ، "އަލްމުބްދަލު މިންހު" (المُبْدَلُ مِنْهُ) އެވެ. ދެވަނަ ބަޔަށް ކިޔަނީ، "އަލްބަދަލު" (الْبَدَلُ) އެވެ. ވާހަކަދައްކާ ފަރާތުގެ އަސާސީ މަޤުޞަދަކަށް ވާނީ، އޭގައިވާ ބަދަލެވެ.

ހިސާބު ކިޔަވާދެއްވާ ޓީޗަރަކު، އޭނާގެ ދަރިވަރުންގެ ކިބައިގައި ބުއްދި ހުރި މިންވަރެއް ވަޒަންކޮށްލެއްވުމަށްޓަކައި އެ ކުދިންނަށް ވާހަކައެއް ކިޔައިދެއްވިއެވެ. އޭނާ އެ ކުދިންގެ ގާތުން އެދިލެއްވީ ވާހަކަ ކިޔައިދޭއިރު، ރަނގަޅަށް ކަނުލައި އަޑުއަހަން ތިބުމަށެވެ.

އެއްދުވަހަކު ޒުވާން ފިރިމީހާ ބުރަ މަސައްކަތުގައި އުޅެފައި ގެއަށް ދިޔައެވެ. އެހިނދު، ޒުވާން އަނބިމީހާ ދުވަހަކުވެސް ނޭދޭ ކަމަކަށް އެނދުނެވެ. އެއީ، އަނބިމީހާގެ މައިދައިތަ ދެކިލަން ފިރިމީހާ ވަރަށް އަވަހަށް ދިއުމެވެ. އޭރު ފިރިމީހާ އޭނާގެ މުސްކުޅި މަންމަ ނުދެކޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ތާބިޢީ ބޭކަލެއް ކަމުގައިވާ މާލިކް ބްނު ދީނާރު (مالك
بن دينار) އަކީ، މުސްލިމުންގެ އިމާމެކެވެ. އެކަލޭގެފާނުގެ
ޙަޔާތްޕުޅު ބަދަލުކޮށްލި ހުވަފެންފުޅުގެ ވާހަކަ
ކިޔައިދެއްވަމުން ވިދާޅުވެފައި ވެއެވެ.
ތިމަންކަލޭގެފާނުގެ ޙަޔާތްޕުޅު ފެށްޓެވީ، މަގުފުރެދުމުގެ
ކުންނާ ހިސާބުންނެވެ. ...

1.
ފަތަށް ބެލި އިރު މަށަށް ފެނުނީ، އެއިން
ލަފުޡުލްޖަލާލާއޭ!!!
އަތަށް ބެލި ހިނދު އެއިން ވެސް ފެން-ނަނީ
ލަފުޡުލްޖަލާލާއޭ!!!
2.
ދުލުން ކިޔަކަސް ނުވަތަ ނުކިޔަސް، ކުރާ ޙަރަކާތްތަކުން
ފެވެނީ،
ދުލާއި ދެ ތުންފަތުން އަސްތާ! އެ މާތް ލަފުޡުލްޖަލާލާއޭ!!!

1.
ނުވޭ އޭގައި ހެރޭނެ އުލެއް، ނުވޭ އޭގައި ހަރާ ވަޅިއެއް،
ނުވޭ އޭގައި ސިލޭހިތަކެއް، ނުވޭ އޭގައި ޖަހާ މަޑައެއް.
2.
ނުވޭ އޭގައި ކަފާ ކަތުރެއް، ނުވޭ އޭގައި ފަޅާ ކަނޑިއެއް،
ނުވޭ އޭގައި އަނދާ އަނގުރެއް، ނުވޭ އޭގައި ގޮވާނެ ބޮމެއް.

ހެމުންއައި ހެމުންއައި ކުޑަކުޑަ ތަރިއާ!
އަލިގަދަ
ދަންމަރު ފަނޑު ނުމެވާ،
ޢިލްމާ ޙިލްމުން، ކާނާ ދީ،
ހިތުގައި ނޫރެއް ދިއްލަންހޭ؟

މޮޔަ މީދަލެއް ދުވާރުމަތިން ދަނިކޮށް، ބުޅަލަކަށް ފެނުނެވެ. ދެން އެ ބުޅާ، އެ މީދަލުގެ ފަހަތުން ދުއްވައިގަތެވެ. ބުޅަލުގެ ކިބައިން ސަލާމަތްވެވޭތޯ މަގު ހުރަސްކޮށް މީދާ ދުއްވައިގަތެވެ. ބުޅާ މީދާ ފަހަތުން ދިޔައެވެ.

ޖަލުގައި ބަންދުކޮށްފައިވާ ޤައިދީއެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވުނެވެ. ރަސްގެފާނަށް އެ ޚަބަރު ލިބިވަޑައިގަތުމުން، އެމަނިކުފާނުގެ ހިތްޕުޅުގައި އޭނާގެ މައްޗަށް އޯގާވެރިކަން އުފެދުނެވެ. ދެން ސަލާމަތްވާނެ މަގެއް އޭނާ އަށް ދެއްކެވުމަށްޓަކައި ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި ވެއެވެ.

އެމެރިކާ މީހުން ފަޒާއަށް ގޮސް ގަލަމުން ލިޔަން އުޅުމުން އެކަމެއް ނުކުރެވުނެވެ. އެއީ، ފަޒާގައި ގްރެވިޓީ ނުހުންނާތީއެވެ. ދެން އެމެރިކާގެ ސައިންޓިސްޓުން އެތައް މިލިއަން ފައިސާއެއް ޚަރަދުކޮށްގެން، ފަޒާގައި އުޅޭއިރު، އެއިން ލިޔެވޭނެ ގަލަމެއް އުފެއްދިއެވެ.

އެއްދުވަހަކު ޖުޙާ، އޭނާގެ ރަށުގެ އަހުލުވެރިންގެ ތެރެއިން މީހަކާއެކު ސިކާރަކުރަން ދިޔައެވެ. އެކަމުގައި އެ ދެ މީހުން އުޅެނިކޮށް ފަރުބަދަ މަތީގައި އުޅުނު ވަރަށް ބޮޑު މިނިކާ ވަގެއް ފެނުނެވެ. އެހިނދު ޖުޙާ ބުންޏެވެ.

އެއްދުވަހަކު ފިރިމީހާ، އަނބިމީހާގެ ގާތަށް ދިޔައިރު، އަނބިމީހާ އިނީ، މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީގައި ފުނާއަޅައި ޒީނަތްތެރިވުމަށެވެ. އެހިނދު އޭނާގެ ފަހަތުގައިވާ ފިރިމީހާގެ މޫނުގެ ސިފަ ފެނުމުން، ފިރިމީހާގެ ސިފަ ހުތުރުކަމުގެ ވާހަކަ ދައްކަން ފެށިއެވެ. އެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ފިރިމީހާ ބުންޏެވެ.