އާދަމުގެފާނާއި ޙައްވާގެފާނުގެ ދުންޔަވީ ޙަޔާތްޕުޅު

ބިނާވެށްޓާބެހޭ މި ސިލްސިލާގައި ބިނާވެށީގެ މައްޗަށް އަލިއަޅުވައިލާނީ، ސަލާމްލެއްވި އާދަމުގެފާނާ ހިސާބުން ފެށިގެންނެވެ. މާތް ﷲ، އެކަލޭގެފާނު ޚަލްޤުކުރެއްވުން ވަނީ، ބިނާވެށްޓާ ގުޅި ލާމެހިފަ އެވެ. އެހެނީ، އެކަލާނގެ އެކަލޭގެފާނު ޚަލްޤުކުރެއްވީ ދުނިޔޭގެ ބިމުގައިވާ މަށިންނެވެ.

