"ޒަކް" އުންސުރު
ކެމިސްޓްރީ ގަޑީގައި ޓީޗަރު ކްލާހަށް ދުރުވެ
ބުނުއްވިއެވެ. މިއަދު ނަގައިދޭނީ، ޕީރިއޮޑިކް ޓޭބަލަށް
އަލަށް އިތުރުކުރެވުނު އުންސުރަކާ ބެހޭ ފިލާވަޅެކެވެ.
އެއީ، "ޒަކް" (ZAK) އުންސުރެވެ. މިފިލާވަޅާމެދު
ފަރުވާކުޑަކޮށްފި ނަމަ، އެ އުންސުރާ އެކު
މުޢާމަލާތުކުރާކަށެއް ނޭނގޭނެއެވެ. ހުރިހާ ކުދިން، މި
ފިލާވަޅު ރަނގަޅަށް ކަނުލައި އަހާށެވެ!
"ޒަކް"
އުންސުރުގެ ފިޒިކަލް ސިފަތަކަކީ:
1. ވަރަށް
ކުޑަކުޑަ ސަބަބަކާހެދި ވެސް، ކެކި އުތުރިއަރާ ދަރަޖައަށް
ހޫނު ގަދަވެދާނެއެވެ.
2. ކޮންމެ ހިނދުކޮޅެއްގައި ވެސް
ފިނިވެގެން ގޮސް، ގަނޑުވެދާނެއެވެ.
3. ރަނގަޅަށް
ގެންގުޅެފިނަމަ، ވަރަށް ފަސޭހައިން ގިރުވައިލެވިދާނެއެވެ.
4. ބޭނުންކުރަން ޖެހޭ ގޮތަށް ބޭނުން ނުކޮށްފިނަމަ، އޭގެ
ރަހަ ވަރަށް ހިތިވެދާނެއެވެ.
"ޒަކް" އުންސުރުގެ
ކެމިކަލް ސިފަތަކަކީ:
1. އާންމު ގޮތެއްގައި ވަރަށް
ހަލަނިވާނެއެވެ.
2. އެއްތަނެއްގައި މަޑެއް ނުވާނެއެވެ.
3. އެކަހެރިކޮށްފިނަމަ ރުޅިގަދަވާނެއެވެ.
4. ފޮނި ކާނާ
ކިތަންމެ ގިނައިން ވެސް ވިރުވައިލާނެއެވެ.
5. ރަނާއި
ރިއްސާއި އެހެނިހެން ޖަވާހިރުތަކުން ވަރަށް ބޮޑަށް
އަސަރުކުރާނެއެވެ.
6. އެ ގިންތީގެ ސިފަ ރީތި
އުންސުރަކާއި ސިފަ ހުތުރު އުންސުރެއް އެއްތަންކޮށްފިނަމަ،
ހުތުރު އުންސުރުގެ ކުލަ ތަޣައްޔަރުވާނެއެވެ.
"ޒަކް" އުންސުރުގެ މުހިންމު ތިން ސިފައެއް:
1.
ކޮންމެ ތާކު ހުއްޓަސް ޒީނަތްތެރިވާނެވެ.
2. ފައިސާ އާއި
މުދާ ހޯދުމަށް ހިތްވަރުދޭނެއެވެ.
3. ލިބޭތަކެތިން
އިސްރާފުކޮށް އެތަކެތި ނެއްތައިލަން މޮޅުވާނެއެވެ.
"ޒަކް" އުންސުރާމެދު ދެވޭ އިންޒާރެއް ވެސް ވެއެވެ. އެ
އިންޒާރު ބުނާ ގޮތުގައި:
"ޒަކް" އުންސުރު
ނުރައްކާތެރި ފައްތަރަކަށް ވާޞިލުވެއްޖެނަމަ، ބޮޑު ބޮމެއް
ގޮވާހެން ގޮވާނެއެވެ!!!
"ޒަކް" (ZAK)
އުންސުރުގެ ފުރިހަމަ ނަމަކީ، (Zuvaan Anhen Kudhin) އެވެ.