މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ބިނާވެށްޓާބެހޭ މި ސިލްސިލާގައި ބިނާވެށީގެ މައްޗަށް
އަލިއަޅުވައިލާނީ، ސަލާމްލެއްވި އާދަމުގެފާނާ ހިސާބުން
ފެށިގެންނެވެ. މާތް ﷲ، އެކަލޭގެފާނު ޚަލްޤުކުރެއްވުން
ވަނީ، ބިނާވެށްޓާ ގުޅި ލާމެހިފަ އެވެ. އެހެނީ، އެކަލާނގެ
އެކަލޭގެފާނު ޚަލްޤުކުރެއްވީ ދުނިޔޭގެ ބިމުގައިވާ
މަށިންނެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ބިނާވެށި އާރާސްތުވުމުގައި ޙައްވާގެފާނު
އަދާކުރައްވާފައި ވަނީ، ވަރަށް މުހިންމު ދައުރެކެވެ.
އެކަމަނާއާއި، އެކަމަނާގެ ނަސްލުން އައި އަންހެން
ދަރިންނަކީ، މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔެވެ. ބައެއް
ޙާލަތުތަކުގައި، އަންހެނުންގެ ބުރަދަން މުޖުތަމަޢުގެ
ދެބައިކުޅަ އެއްބަޔަށްވުރެ ވެސް މާބޮޑެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މާތް ﷲ، އާދަމުގެފާނާއި ޙައްވާގެފާނު ހެއްދެވުމަށްފަހު
އެ ދެކަނބަލުން ދިރިއުޅުއްވާނެ ތަނެއް ކަމުގައި ލެއްވީ
ސުވަރުގެ އެވެ. އެ ސުވަރުގެ ވީތަނެއް ސާފުކޮށް
އޮޅުންފިލާކަށެއް ނެތެވެ. އެއީ، ކޮން ތަނެއްގައިވާ
ސުވަރުގެއެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި
ނުވާތީ އެވެ. ނަމަވެސް ބައެއް މުފައްސިރުން އެ
ސުވަރުގެއާމެދު ވާހަކަފުޅު ދައްކަވާފައި ވެ އެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ގެފުޅާއި، މަސްޖިދުލްއަޤުޞާ ބިނާކުރެއްވީ އާދަމުގެފާނު
ކަމަށް ރިވާވެފައި ވެ އެވެ. އެ ދެތަނުގެ ޗާޓަށް ބަލާއިރު،
މި ރިވާޔަތް ޤަބޫލުކުރެވެ. ގެފުޅުގެ ތަޅުމުގެ ޗާޓާއި،
މަސްޖިދުލްއަޤުޞާގެ ބިމުގެ ޗާޓު އެއްގޮތްވާތީ އެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
މާތް ﷲ، ކީރިތި ޤުރުއާނުގައި އިދުރީސުގެފާނު
ބަޔާންކުރައްވާފައިވަނީ، ތެދުވެރިކަންބޮޑު ނަބީބޭކަލެއް
ކަމަށެވެ. އަދި އެކަލާނގެ އެކަލޭގެފާނު މަތިވެރި
މަޤާމަކަށް އުފުއްލެވި ކަމަށެވެ. އަދި އެކަލޭގެފާނަކީ،
ކެތްތެރިންގެ ތެރެއިންވާ ބޭކަލެއް ކަމަށެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ސަލާމްލެއްވި ނޫޙުގެފާނަކީ، ސަލާމްލެއްވި
އިބްރާހީމުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި
ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ފޮތްފޮތުގައި ވެސް
ބަޔާންކުރައްވާފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ،
އާދަމުގެދަރީންގެ ދެވަނަ ބައްޕަ އެވެ.
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
ސަލާމްލެއްވި ހޫދުގެފާނަކީ، ޢާދުބާގައި މީހުންނަށް
ތެދުމަގު ދެއްކެވުމަށްޓަކައި، މާތް ﷲ ފޮނުއްވި ރަސޫލެވެ.
އެކަލޭގެފާނުގެ ނަސަބުފުޅު ބަޔާންކޮށްދޭ އެތައް ރިވާޔަތެއް
ވެ އެވެ. އެއިން ރިވާޔަތެއް ބުނާ ގޮތުގައި އެކަލޭގެފާނަކީ،
(نوح) ނޫޙުގެފާނުގެ ސާމު (سام) ގެ އަރުފަޚުޝަޛު (أرفحشذ)
(Arfakhshand) ގެ ޝާލިޚު (شالخ) (Shalikh) ގެ (هود)
ހޫދުގެފާނެވެ.
މުޞަންނިފު: ޑރ. ޔޫސުފުލް ޤަރަޟާވީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ސަލާމްލެއްވި ޞާލިޙުގެފާނަކީ، ކީރިތި ޤުރުއާނުގައި
ނަންގަނެވިފައިވާ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެކެވެ.
މާތް ﷲ އެކަލޭގެފާނު ފޮނުއްވީ، އެކަލޭގެފާނުގެ ޤައުމު
ކަމުގައިވާ ޘަމޫދު (ثمود) ބާގައި މީހުންގެ ގާތަށެވެ. މާތް
ﷲ ވަޙީކުރައްވާފައި ވެ އެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ސަލާމްލެއްވި ލޫޠުގެފާނަކީ، ސަލާމްލެއްވި
އިބްރާހީމުގެފާނުގެ ޒަމާނުގައި އުޅުއްވި ނަބީބޭކަލެކެވެ.
އެ ދެ ބޭކަލުންގެ ނަސަބުފުޅު ވަނީ ގުޅިފަ އެވެ. އެހެނީ،
ލޫޠޫގެފާނަކީ، އިބްރާހީމުގެފާނުގެ އަޚެއްގެ ދަރިކަލެކެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެއްދުވަހަކު، އަބޫ މުސްލިމުލް ޚުރާސާނީ އަށް،
މަޖޫސީއަކު ފެނިވަޑައިގަތެވެ. އެއީ، މަޖޫސީންގެ ތެރެއިން
ޙިކުމަތްތެރިއެކެވެ.
އަބޫ މުސްލިމު ވިދާޅުވި އެވެ.
"ތިބާ ޙިކުމަތްތެރިއަކަށްވީ ކިހިނަކުންހެއްޔެވެ؟"
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެއްދުވަހަކު ހެނދުނު އަންހެނަކު އޭނާގެ ގެއިން ބޭރަށް
ނުކުތްއިރު، ޢުމުރުން ދުވަސްވެފައިވާ ތިން މީހަކު
ފެނުނެވެ. އެ ތިން މީހުން ތިބީ، އޭނާގެ ގޭ ދޮރާށްޓާ ދާދި
ކައިރީގައި އިށީނދެގެންނެވެ. އެއީ ކޮން ބަޔެއްކަން
އެކަނބުލޭގެއަކަށް ނޭނގެ އެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ. އެއްދުވަހަކު،
ދަތުރުކޮށްފައި ދިޔަ ރޭލެއްގެ ތެރޭގައި މުސްކުޅިއަކާއި
އޭނާގެ ފަންސަވީސް އަހަރު ވެފައިވާ ފިރިހެން ދަރިފުޅު ވި
އެވެ. ނަމަވެސް އެ ދަރިފުޅު ވާހަކަދައްކަމުން ދިޔައީ ކުޑަ
ކުއްޖެއް ފަދައިންނެވެ.
މުޞަންނިފު: ޙާފިޡުއްޝީރާޒީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
ޝަރާބުގެ އާރަކުން ސާޤީ މަށަށް ކޫޒެއް އަޅައި
ދެއްޗޭ!
އެއަށްވާ ޝައުޤަކުން ވަޖިދުވެ މަވީތީ
ލަސްނުކޮށް ދެއްޗޭ!
2.
އިހަށް ކައިރީގަވީ
ޢިޝްޤީގެ މަންޒިލު މާދުރަށް ދިއުމުން،
ހިތަށް މިލިބުނު
ތަދަށް ފަރުވާ، ތަފާތެއްނެތި މަށަށް ދެއްޗޭ!
މުޞަންނިފު: ޙާފިޡުއްޝީރާޒީ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1.
ތަށްޓަށް ޝަރާބު ސާޤީ، ނޫރުން އަޅައި ފުރައިދީ!
ހުއްޓާ ނުލާ ތި ބުލްބުލް ލަވަތައް މަށަށް ކިޔައިދީ!
2.
އަހުރެން އެދޭ މުރާދަށް މިދުނިޔެ ހިނގައި
ބަދަލުވީ،
ވަޖިދުވެ ނަށައި ތި ގުމްރީ، މިގޮތަށް
ލަވައިން ކިޔައިދީ!
މުޞަންނިފު: ޢަބްދުލްމުޢީދު ޙަސަން
1.
ޙައްޖަކަށް މަބްރޫރު އެދިގެން، ޖަންނަތަށް
އުންމީދު ކުރަނީ،
ފައްޖުފައްޖުން ފައުޖުފައުޖަށް، ގޮސް
އެތާ އަޅުކަންމެ ކުރަނީ.
2.
ހަމަ ގެއިން ނިޔަތާ
އެކީގައި، ނިކުތުމާއެކު ޙައްޖުވެރިޔާ،
ކަމަށެ އެއޮތީ
އަންގަވާފައި، ވާ މަނާސިކު ޙައްޖު ފަށަނީ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ދުނިޔޭގެ އުތުރު ތަނޑީގައި ދިރިއުޅޭ މީހަކާއި، ދެކުނު
ތަނޑީގައި ދިރިއުޅޭ މީހަކު ފޮނިކަނޑަމުން ގެންދިޔައެވެ.
އުތުރު ތަނޑީގައި ދިރިއުޅޭ މީހާ ބުންޏެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
މީހަކު މަގުމަތީގައި ޤަވާޢިދާ ޚިލާފަށް އުޅެނިކޮށް
ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އޭނާ އުޅޭ އެޑްރެސް
އޮޅުންފިލުވުމަށްޓަކައި ފުލުހުން ސުވާލުކުރިއެވެ.
"ތިބާ މިހާރު ދިރިއުޅެނީ ކޮން ގެއެއްގައި ހެއްޔެވެ؟"
މުޞަންނިފު: ބަޙުރު އީމަޖައްލާ
ހިންދުކަރައިގެ ހިންދީއަކު، މުސްލިމަކާ ސުވާލުކުރިއެވެ.
"ތިމަންމެން މައްޔިތާ އަންދާލާ ގޮތަށް، ތިޔަބައިމީހުން
އެކަން ނުކުރަނީ ކީއްވެ ހެއްޔެވެ؟"
ޖަވާބުދެމުން
މުސްލިމު ބުންޏެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
އެއްރެއަކު، ޢަރަބީންގެ ރަށްފުށު މީހުންގެ ތެރެއިން
ބަދަތްވަކު، އޭނާގެ ފޭލިގޭގައި ނިދާފައި އޮއްވާ ހުވަފެނެއް
ފެނުނެވެ. އެ ހުވަފެނުގައި، އޭނާ ގެންގުޅޭ ޙިމާރު އައިސް
ބުންޏެވެ.
މުޞަންނިފު: ބަޙުރު އީމަޖައްލާ
ކެމިސްޓްރީ ގަޑީގައި ޓީޗަރު ކްލާހަށް ދުރުވެ
ބުނުއްވިއެވެ. މިއަދު ނަގައިދޭނީ، ޕީރިއޮޑިކް ޓޭބަލަށް
އަލަށް އިތުރުކުރެވުނު އުންސުރަކާ ބެހޭ ފިލާވަޅެކެވެ.
އެއީ، "ޒަކް" (ZAK) އުންސުރެވެ. މިފިލާވަޅާމެދު
ފަރުވާކުޑަކޮށްފި ނަމަ، އެ އުންސުރާ އެކު
މުޢާމަލާތުކުރާކަށެއް ނޭނގޭނެއެވެ. ހުރިހާ ކުދިން، މި
ފިލާވަޅު ރަނގަޅަށް ކަނުލައި އަހާށެވެ!