ޖުޒުއު ފެށޭ ޞަފުޙާ ހޯދަން ފަސޭހަ ގޮތެއް
ކީރިތި ޤުރުއާނުގެ ކޮންމެ ޖުޒުއެއް (ފޮތެއް) ފެށޭ
ޞަފުޙާ، ހިސާބުކޮށްގެން ވަރަށް ފަސޭހައިން ހޯދިދާނެ އެވެ.
މިސާލަކަށް ހަތްވަނަ ފޮތް ފެށޭ ޞަފުޙާ ހޯދަން ވެއްޖެނަމަ
ހަދާނެ ގޮތަކީ:
7 އިން 1 ކަނޑާނީ އެވެ. ނަތީޖާއަކީ، 6 އެވެ.
ދެން 6 އާ 2 އާ ގުނަކުރާނީ އެވެ. ނަތީޖާއަކީ، 12 އެވެ.
ދެން މި ނަތީޖާގެ ކަނާތްފަރާތަށް 2 އިތުރުކުރާނީ އެވެ.
ނަތީޖާއަކީ، 122 އެވެ.
މިއީ 7 ވަނަ ފޮތް ފެށޭ ޞަފުޙާގެ ތަރުތީބު ނަންބަރެވެ.
7 ވަނަ ފޮތް ފެށޭނީ 122 ވަނަ ޞަފުޙާއިންނެވެ.
އެހެން މިސާލެއް
12 ވަނަ ފޮތް ފެށޭ ޞަފުޙާގެ ތަރުތީބު ނަންބަރަކީ
ކޮބާހެއްޔެވެ؟
ޖަވާބު
12 އިން 1 ކަނޑާނީ އެވެ. ނަތީޖާއަކީ، 11 އެވެ.
ދެން 11 އާ 2 އާ ގުނަކުރާނީ އެވެ. ނަތީޖާއަކީ، 22 އެވެ.
ދެން މި ނަތީޖާގެ ކަނާތްފަރާތަށް 2 އިތުރުކުރާނީ އެވެ.
ނަތީޖާއަކީ، 222 އެވެ.
މިއީ 12 ވަނަ ފޮތް ފެށޭ ޞަފުޙާގެ ތަރުތީބު ނަންބަރެވެ.
12 ވަނަ ފޮތް ފެށޭނީ 222 ވަނަ ޞަފުޙާއިންނެވެ.
އެހެން މިސާލެއް
25 ވަނަ ފޮތް ފެށޭ ޞަފުޙާގެ ތަރުތީބު ނަންބަރަކީ
ކޮބާހެއްޔެވެ؟
ޖަވާބު
25 އިން 1 ކަނޑާނީ އެވެ. ނަތީޖާއަކީ، 24 އެވެ.
ދެން 24 އާ 2 އާ ގުނަކުރާނީ އެވެ. ނަތީޖާއަކީ، 48 އެވެ.
ދެން މި ނަތީޖާގެ ކަނާތްފަރާތަށް 2 އިތުރުކުރާނީ އެވެ.
ނަތީޖާއަކީ، 482 އެވެ.
މިއީ 25 ވަނަ ފޮތް ފެށޭ ޞަފުޙާގެ ތަރުތީބު ނަންބަރެވެ.
25 ވަނަ ފޮތް ފެށޭނީ 482 ވަނަ ޞަފުޙާއިންނެވެ.
މިގޮތަށް ކީރިތި ޤުރުއާނުގެ ހުރިހާ ފޮތްތަކެއް ފެށޭ ޞަފުޙާ
ދެނެގަނެވިދާނެ އެވެ.... ފޮތް ފެށޭ ޞަފުޙާގެ
ދަސްވަޅުގައިވާ ޢަދަދަށް އެކެއް އެއްކުރުމުން، ފޮތް
ދެބައިވާ ޞަފުޙާގެ ތަރުތީބު ނަންބަރު ލިބޭނެ އެވެ. ގިނަ
މުޞްހަފުތަކަށް މި ގަވާއިދު ތަންފީޒުކުރެވެ އެވެ.