ކީރިތި ޤުރުއާނުގައި ދިވެހިރާއްޖެ


ކީރިތި ޤުރުއާނުގައި ދިވެހިރާއްޖޭގެ ވާހަކަ ނަންގަނެވިފައިވާ ކަމަށް ބުނާ ފޮތެއް ވެ އެވެ. އެ ފޮތުގެ ނަމަކީ، (فك أسرار ذي القرنين ويأجوج ومأجوج) އެވެ. މާނައަކީ، "ޛުލްޤަރުނައިނި އާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ ސިއްރުތައް ހޯދުން" އެވެ.

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟


މި ލިއުމުގައި ވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތެވެ.

ދުޢާކުރުމުގެ މާތްކަން


މާނައީ، "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވި އެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."

ދުޢާކުރުމުގެ އަދަބުތަކާއި އިޖާބަކުރެއްވުމުގެ ސަބަބުތައް


1. މާތް ﷲ ގެ ޙަޟުރަތަށް އިޚުލާޞްތެރިވުން.
2. މާތްﷲގެ ޙަޟުރަތަށް ޙަމްދާއި ޘަނާ ދެންނެވުމަށްފަހު ދުޢާކުރަން ފެށުން. އަދި ދުޢާކޮށް ނިމިގެން ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ޞަލަޥާތާއި ސަލާމް ލެއްވުންއެދި ދުޢާކުރުން.

އިޖާބަކުރައްވާ ވަގުތާއި ޙާލަތާއި ތަންތަން


ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި، ޙާލަތުތަކާއި، ތަންތަން ވެއެވެ. އެއިން ބައެއް ތިރީގައި މިވަނީއެވެ.

1. ލައިލަތުލްޤަދުރި ވިލޭރޭ.
2. އެހެން ރޭތަކުގެ މެންދަން.
3. ފަރުޟު ފަސްނަމާދު އަދާކުރުމަށްފަހު.

ޤުރުއާނުގައި ޑައިނަސޯރގެ ވާހަކަ ވޭތޯއެވެ؟


ކީރިތި ޤުރުއާނުގައި ޑައިނަސޯރ ގެ ވާހަކަ ނަންގަނެވިފައިވޭތޯ ސުވާލުކުރެވެ އެވެ. މިސުވާލަށް ޢިލްމުވެރިން ވަނީ، ތަފާތު އުސްލޫބުތަކުން ޖަވާބުދެއްވާފަ އެވެ. މިލިއުމުގައި މިވަނީ، ދީނާއި ސައިންސްގެ ޢިލްމުވެރިން ދެއްވާފައިވާ ޖަވާބުތަކަކުން ނަގާފައިވާ ޚުލާޞާއެކެވެ.

ބަނގުރާ ނަންގަނެވިފައިވާ އާޔަތްތައް


ކީރިތި ޤުރުއާނުގެ ހަތަރު އާޔަތެއްގައި ބަނގުރާ ނަންގަނެވިފައި ވެއެވެ. އޭގެތެރެއިން ތިން އާޔަތުގައި ނަންގަނެވިފައިވަނީ، މިދުނިޔޭގައިވާ ބަނގުރާއެވެ. އެ ތިން އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 219 ވަނަ އާޔަތާއި އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތާއި އެ ސޫރަތުގެ 91 ވަނަ އާޔަތެވެ. ހަތަރުވަނަ އާޔަތަކީ، މުޙައްމަދު ސޫރަތުގެ 15 ވަނަ އާޔަތެވެ. އެ އާޔަތުގައި ނަންގަނެވިފައިވަނީ، ސުވަރުގޭގައިވާ ބަނގުރާއެވެ.

ޖުޒުއު ފެށޭ ޞަފުޙާ ހޯދަން ފަސޭހަ ގޮތެއް


ކީރިތި ޤުރުއާނުގެ ކޮންމެ ޖުޒުއެއް (ފޮތެއް) ފެށޭ ޞަފުޙާ، ހިސާބުކޮށްގެން ވަރަށް ފަސޭހައިން ހޯދިދާނެ އެވެ. މިސާލަކަށް ހަތްވަނަ ފޮތް ފެށޭ ޞަފުޙާ ހޯދަން ވެއްޖެނަމަ ހަދާނެ ގޮތަކީ:

ނޫޙު ސޫރަތުގައިވާ ޢަދަދުގެ ބައެއް އިޢުޖާޒު


ނޫޙު ސޫރަތަކީ، ކީރިތި ޤުރުއާނުގެ 71 ވަނަ ސޫރަތެވެ. އެ ސޫރަތުގައިވަނީ، 28 އާޔަތެވެ. 71 އިން 28 ކެނޑީމާ ލިބޭ ނަތީޖާއަކީ، 43 އެވެ. މިއީ، ނޫޙު ސޫރަތަށްފަހު ކީރިތި ޤުރުއާނުގައި ވާ ސޫރަތްތަކުގެ ޢަދަދެވެ.

އާދަމުގެފާނަށް ކުރެއްވި ބައެއް ތަކުރީމުތައް


މާތް ﷲ، އާދަމުގެފާނު ހައްދަވައި، އެކަލޭގެފާނު ތަކުރީމުކުރެއްވި އެވެ. ތަކުރީމުކުރެއްވުމަކީ، އެންމެހައި ރަނގަޅު ސިފަތައް ދެއްވައި މާތްކުރެއްވުމެވެ. މާތް ﷲ، ތަކުރީމުކުރައްވައިފި މީހެއްގެ ކިބައިން އެންމެހައި ރަނގަޅު ސިފަތައް ފެންނާނެ އެވެ.

ޙަޔާތުގެ ދަތުރު


އެއް ދުވަހަކު ދަތުރެއް ކުރީމެވެ. ވަރަށް ބާރަށް ދުވަމުންދިޔަ ރޭލެއްގައެވެ. އެތައް ކަމެއްގައި މަޝްޣޫލުވެގެން އުޅުމަށްފަހު، ކައިރީގައި ތިބި މީހުންނަށް ބަލައިލީމެވެ. އެހިނދު ކުޑަ ކުދިންތަކެއް ފެނުނެވެ. އެއީ ކުރިން ފެނިފައި ނުވާ ކުޑަކުދިންތަކެކެވެ.

ޖަޒީރާގެ ބުއްދިވެރިޔާ


ކަނޑުމެދުގައިވާ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއެއްގައި އާދަޔާ ޚިލާފު ބަޔަކު އުޅުނެވެ. އެމީހުންގެ ސަގާފަތުގައި ވަރަށް ގިނަ އާދަޔާ ޚިލާފު ކަންތައްތައް ވެ އެވެ. އެމީހުންގެ އެންމެ ޢާއްމު ސިފައަކީ، މުޅަމަސް ކެއުމާއި، ވަގުތީ ފައިދާއަށް އިސްކަން ދިނުމެވެ.

ހަނޑޫ ފުކެއްގެ ބަދަލު


އެއްޒަމާނެއްގައި، މުއްސަނދިވާ ހިތުން އުޅުނު މީހަކު އުޅުނެވެ. އޭނާގެ ހިތަށް އަރައެވެ. ތިމަންނާ މުއްސަނދިވެއްޖެނަމަ، އެހެން މީހުންގެ ދަނޑުތަކަށް ގޮސް، މަޖޫރީއެއްގެ ގޮތުގައި މަސައްކަތެއް ނުކުރާނަމެވެ. ކިއެއްހެއްޔެވެ.

ވީނަސްގެ ސުވާލު


1.
މިތުރާއެ މާ ފުން ވިސްނުމެއްގައި އިންނަނީ،
ނިތުގައި ފުރެންދެން ރޫތަކެއް ޖެހިފައިވަނީ،
މޮޅި ޙާލުގައި އިނދެ މަޑުމަޑުން ތިޔަ ގިސްލަނީ،
ހިތް ވީ ޒަޚަމް ނުފިލާކަމުންހޭ އަދި މުޅިން؟

"ގެއްލުނު ސުވަރުގެ" އިން



ވާދީ ތެރޭ އެނބުރޭ ޞާދާއާ އަދި މުޚާޠަބުކޮށްލަމުން،
ޝާދީތަކެއް ފަދައިން ގޮވައި ވާދީ އެކީ ދިރުވާލަމުން.

ފެނުގައި އެވާ މިޔުޒިކު ޚަރީރުގެ އަޑުއިވޭހެން ލަވަކިޔައި،
ރަނުގައި އެވާ އަޞްލީ ކުލައިން މުޅި ދޭހުގައި ކުލަޖައްސަމުން.

ޤުދޫމުގެ ތަޙިއްޔަތު



1.
ވިދާ އަބަދު ބަބުޅާ އެ ނޫރަށް ސަލާމް،
ހިދާޔަތުގެ މަތިވެރި މަނާރަށް ސަލާމް.

2.
ޙަބީބާށަ ރައްބީގެ ލޮބުވެތި ސަލާމް،
ނަބީކަމުގެ މިސްކުލްޚިތާމަށް ސަލާމް.

ކާފައާއި އަޚުންގެ ޢަދަދު


ކާފައާއި އަޚުންގެ ޢަދަދު ނެރެދޭ ވިޔައަކީ، ފޫހިފިލުވާލުމަށްޓަކައި ކޮށްލަން އެންމެ ރަނގަޅު ކަމެކެވެ. އެއީ، ވަރަށް އާދައިގެ ވިޔައެކެވެ. އެ ވިޔައިގެ ނަތީޖާގައި، ކާފައާއި، އުޚުތުންނާއި، އަޚުންގެ ޢަދަދު ވެއެވެ. ތިރީގައި މިވަނީ އެވިޔައެވެ.

ދުނިޔޭގެ ހަތް އަޖައިބު


ޓީޗަރަކު ދަރިވަރުންނާ ސުވާލުކުރައްވަމުން ގެންދެވިއެވެ.

"ދުނިޔޭގެ ހަތް އަޖައިބަކީ ކޮބައިހެއްޔެވެ؟"

އެކިކުދިން އެކިޖަވާބު ދެމުން ގެންދިޔަ އެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހުރިހާ ކުދިން އެއްބަސްވާ ހަތް އަޖައިބެއްވިއެވެ. އެއީ:

މުސްކުޅިއަކު ކުރި ސަމާސާއެއް


ޢުމުރުން 85 އަހަރު ވެފައިވާ މީހަކު، ހެލްތު އިންޝޫރެންސް ހައްދަން ދިއުމުން، އޭނާގެ ގާތުގައި މުވައްޒަފަކު ބުންޏެވެ.

"ތިހާ ޢުމުރުން ދުވަސްވެފައިވާ މީހަކަށް، މިތަނުން ޚިދުމަތެއް ނުދެއެވެ."

އިންސާނުން އުފެދުނު ގޮތް


ކުޑަ އަންހެން ކުއްޖަކު، އޭނާގެ ބައްޕައަށް ނަންގަތެވެ.

"ބައްޕާ އެވެ! އިންސާނުން އުފެދުނީ ކިހިނަކުންތޯއެވެ؟"

ބައްޕަ ބުނުއްވި އެވެ.

"މާތް ﷲ، އާދަމުގެފާނާއި ޙައްވާގެ ފާނު ހެއްދެވިއެވެ. އިންސާނުންނަކީ، އެ ދެ ބޭކަނބަލުންގެ ނަސްލުން އައި މީހުންނެވެ."

ހާދަމޮޅޭ!


ޓީޗަރަކު ކްލާހެއްގައި ދަރިވަރުންނަށް ސުވާލެއް ހުށަހެޅުއްވިއެވެ.

"ދަރިވަރުން ކްލާހުގައި އެންމެ ގިނައިން ބުނެއުޅެނީ ކީކޭހެއްޔެވެ؟"

މިސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ހުރިހައި ކުދިން ހަމަހިމޭނުން ތިއްބައި ކުއްޖަކު އަތް އުފުލާލިއެވެ.