އިންސާނުން އުފެދުނު ގޮތް


ކުޑަ އަންހެން ކުއްޖަކު، އޭނާގެ ބައްޕައަށް ނަންގަތެވެ.

"ބައްޕާ އެވެ! އިންސާނުން އުފެދުނީ ކިހިނަކުންތޯއެވެ؟"

ބައްޕަ ބުނުއްވި އެވެ.

"މާތް ﷲ، އާދަމުގެފާނާއި ޙައްވާގެ ފާނު ހެއްދެވިއެވެ. އިންސާނުންނަކީ، އެ ދެކަނބަލުންގެ ނަސްލުން އައި މީހުންނެވެ."

އޭގެ ދެ ދުވަސްފަހުން، އަންހެން ކުއްޖާ ހަމަ އެސުވާލު، އޭނާގެ މަންމައަށް ނަންގަތެވެ.

މަންމަ ބުނުއްވިއެވެ.

"މީގެ އެތައް މިލިއަން އަހަރު ކުރިން، އިންސާނުންވަނީ، ރާމާމަކުނުގެ ސިފައިގައެވެ. ދެން އެ ރާމާމަކުނުތައް ތަރައްގީވެގެން އިންސާނުން އުފެދުނީއެވެ."

ދެން އެ އަންހެން ކުއްޖާ ބައްޕަގެ އަރިހަށް ގޮސް ނަންގަތެވެ.

"އިންސާނުން އުފެދުނީ، އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިން ކަމަށް ބައްޕަ ބުނުއްވީމެއް ނޫންތޯއެވެ؟ ނަމަވެސް މަންމަ އެބުނުއްވަނީ، އިންސާނުން އުފެދުނީ ރާމާމަކުނު ތަރައްގީވެގެން ކަމަށެވެ. މީގެ ތެރެއިން ތެދުބަހަކީ ކޮބައިތޯއެވެ؟"

ޙިކުމަތްތެރިކަމާއެކު ބައްޕަ ބުނުއްވި އެވެ.

"ދަރިފުޅަށް އިވުނު ދެ ބަހަކީ ވެސް ޞައްޙަ ތެދު ދެބަހެވެ.
ބައްޕަ ދަރިފުޅަށް ބުނެދިނީ، ބައްޕަގެ ޢާއިލާގެ މީހުން އުފެދުނު ގޮތެވެ!
މަންމަ ދަރިފުޅަށް ބުނެދިނީ، މަންމަގެ ޢާއިލާގެ މީހުން އުފެދުނު ގޮތެވެ!!!"