މުސްކުޅިއަކު ކުރި ސަމާސާއެއް


ޢުމުރުން 85 އަހަރު ވެފައިވާ މީހަކު، ހެލްތު އިންޝޫރެންސް ހައްދަން ދިއުމުން، އޭނާގެ ގާތުގައި މުވައްޒަފަކު ބުންޏެވެ.

"ތިހާ ޢުމުރުން ދުވަސްވެފައިވާ މީހަކަށް، މިތަނުން ޚިދުމަތެއް ނުދެއެވެ."

އޭނާ ބުންޏެވެ.

"މަށަށް ޚިދުމަތް ނުދޭންވީ ކީއްވެ ހެއްޔެވެ؟ މަގޭ މަންމައާއި ބައްޕައަށް ވެސް އެވަނީ އިއްޔެ މިތަނުން ހަމަ މި ޚިދުމަތް ދީފައެވެ."

އަންތަރީސްވެފައިވާ ޙާލު، މުވައްޒަފު ބުންޏެވެ.

"ތިބާއަށް ޚިދުމަތް ދެވެންއޮތްތޯ މިތަނުން ބަލާނަމުއެވެ. މާދަމާ އަންނާށެވެ!"

އޭނާ ބުންޏެވެ.

"މާދަމައަކު މަށަކަށް ނާދެވޭނެއެވެ. މާދަމައަކީ، މަގޭ ކާފަގެ ކާވެނި ޕާޓީ ބާއްވާ ދުވަހެވެ."

ކުރިއަށްވުރެ ބޮޑަށް އަންތަރީސްވެފައިވާ ޙާލު، މުވައްޒަފަށް އަހާލެވުނެވެ.

"ތިބާގެ ކާފަ ދުނިޔޭގައި އެބަހުރިހެއްޔެވެ؟ އަދިވެސް އޭނާ މީހަކާ އިންނަން އެބަބޭނުންވޭ ހެއްޔެވެ؟"

އޭނާ ބުންޏެވެ.

"އާނއެކެވެ. މަގޭ ކާފަ ދުނިޔޭގައި އެބަހުއްޓެވެ. އަސްލުގައި އޭނާއަކީ މީހަކާ އިންނަން ބޭނުންވަނީއެއް ނޫނެވެ. ނަމަވެސް އޭނާގެ މަންމައާއި ބައްޕަ، ގަދަކަމުން އޭނާ، މީހަކާ ދެވަނީ އެވެ!"