ދުނިޔޭގެ ހަތް އަޖައިބު


ޓީޗަރަކު ދަރިވަރުންނާ ސުވާލުކުރައްވަމުން ގެންދެވިއެވެ.

"ދުނިޔޭގެ ހަތް އަޖައިބަކީ ކޮބައިހެއްޔެވެ؟"

އެކިކުދިން އެކިޖަވާބު ދެމުން ގެންދިޔަ އެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ހުރިހާ ކުދިން އެއްބަސްވާ ހަތް އަޖައިބެއްވިއެވެ. އެއީ:

1. މިޞްރުގެ ޖީޒާގައިވާ ޕިރަމިޑްތައް.

2. ޢިރާޤުގެ ބާބިލް ސަހަރުގައި އޮތް ސެމިރާމިސްގެ އެލިފައިވާ ބަގީޗާ.

3. ގްރީސްގެ އޮލިމްޕިޔާ ސަހަރުގައި ހުރި ޒިއަސްގެ 40 ފޫޓު އުސް ބުދު.

4. ކްލޯސަސް އޮފްރޯޑްސްގެ ނަމުން މަޝްހޫރުވެފައިވާ ހިލިއޫސް (ނުވަތަ އެޕޯލޯ) ގެ ބުދު.

5. އާޓިމިސްގެ ފައްޅި.

6. އިންޑިއާގެ ތާޖުމަޙައްލު.

7. ޗައިނާގެ ބޮޑު ފާރު.

ޓީޗަރު، ދަރިވަރުންގެ ޚިޔާލުތައް ހޯއްދަވަމުން ގެންދަވަނިކޮށް، ކްލާހުގައި އިން އަންހެން ކުއްޖަކު، ހަތް އަޖައިބާމެދު އެހެން ޚިޔާލެއް ފާޅުކުރިއެވެ. އޭނާ ބުންޏެވެ.

ދުނިޔޭގައި ވަރަށް ގިނަ އަޖައިބުތައް ވެއެވެ. ނަމަވެސް އޭން އެންމެ އަޖައިބުކުރުވަނިވި، އަދި އެންމެ މޮޅު، ހަތް އަޖައިބަކީ:

1. ލޮލަށް ފެނުން.

2. ކަންފަތަށް އިވުން.

3. ނޭފަތަށް ވަސްދުވުން.

4. ދުލަށް ރަހަލިބުން.

5. އަތަށް އިޙުސާސްވުން.

6. ދެތުންފަތުން ހިނިތުންވުން.

7. ހިތުން ލޯބިވުން، މިއެވެ.

މި ޖަވާބު ދިނުމުން، އެ ދަރިވަރަށް ތަޢުރީފުކުރައްވައި، އެއީ ބުއްދިގަދަ ދަރިވަރެއް ކަމަށް ޓީޗަރު ބުނުއްވިއެވެ. އަދި އެ ދުވަހު، ޓީޗަރު ކުރެއްވި ސުވާލުގެ އެންމެ މަތީ މާކްސް އެ ދަރިވަރަށް ދެއްވިއެވެ.


ނޯޓް: ބުއްދިގަދަ، ތޫނުފިލި ދަރިވަރުންގެ އަގުވަޒަންކުރާ ޓީޗަރުންނަކީ ވަރަށް މަދުބަޔެކެވެ. ނަމަވެސް އެފަދަ ޓީޗަރަކަށް ވެލެއްވުމަކީ، ހަމަ ކޮންމެ ޓީޗަރަކަށް ވެސް ކުރެއްވިދާނެ ކަމެކެވެ.