އިޖާބަކުރައްވާ ވަގުތާއި ޙާލަތާއި ތަންތަން


ދުޢާ އިޖާބަކުރައްވާ ވަގުތުތަކާއި، ޙާލަތުތަކާއި، ތަންތަން ވެއެވެ. އެއިން ބައެއް ތިރީގައި މިވަނީއެވެ.

1. ލައިލަތުލްޤަދުރި ވިލޭރޭ.
2. އެހެން ރޭތަކުގެ މެންދަން.
3. ފަރުޟު ފަސްނަމާދު އަދާކުރުމަށްފަހު.
4. ބަންގިއާއި ޤަމަތާ ދެމެދުގައި.
5. ކޮންމެ ރެއަކު ވަކި ސާޢަތެއް.
6. ފަރުޟު ފަސްނަމާދުގެ ބަންގި ގޮވާއިރު.
7. ވާރޭ ވެއްސަވާއިރު.
8. މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށްޓަކައި ސަފުތައް ރުކުރުވާލެވޭއިރު.
9. ހުކުރު ދުވަހުގެ ސާޢަތެއް: އެ ސާޢަތަކީ، ޢަޞްރުގެ އެންމެ ފަހުގެ ސާޢަތް ކަމަށް ތަރުޖީޙު ކުރެވިފައި ވެއެވެ. އަދި އެއީ ހުކުރު ޚުޠުބާގެ ވަގުތު ކަމަށާއި ހުކުރު ނަމާދު ވަގުތު ކަމުގައި ވެސް ވެދާނެއެވެ.
10. ތެދު ނިޔަތުގައި ޒަމްޒަމްފެން ބޯއިރު.
11. ސަޖިދައިގައި އޮންނައިރު.
12. ރޭގަނޑު ނިދިން ހޭލާއިރު. (އެ ވަގުތު ކުރުމަށް ވާރިދުވެފައިވާ ދުޢާތައް ކުރުން.)
13. ޠާހިރުކަންމަތީގައި ނިދާފައި ރޭގަނޑު ހޭލުމަށްފަހު ދުޢާކުރުން.
14. لا إله إلا أنت سبحانك إني كنت من الظالمين މިފަދައިން ދުޢާކުރުން.
15. މީހަކު މަރުވުމާ ވިދިގެން މީސްތަކުން ކުރާ ދުޢާ.
16. މާތް ﷲ ގެ ޙަޟުރަތަށް ޘަނާ ކިޔައި، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަޥާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމަށްފަހު، ފަހު އައްތަޙިއްޔާތުގައި ކިޔާ ދުޢާ.
17. މާތް ﷲ ގެ މަތިވެރިވެގެންވާ އިސްމުފުޅު ކިޔައި، އެކަލާނގެ ޙަޟުރަތަށް ކުރާ ދުޢާ.
18. މުސްލިމަކު އޭނާގެ އަޚު އެހެން މުސްލިމަކަށް ހެޔޮ އެދިގެން އޭނާއަށް ނާންގާ ކުރާ ދުޢާ.
19. ޢަރަފާތް ދުވަހު ޢަރަފާތުގެ ބިމުގައި ހުރެ ކުރާ ދުޢާ.
20. ރަމަޟާންމަހު ކުރާ ދުޢާ.
21. ޒިކުރުކުރުމުގެ މަޖިލިސްތަކަށް މުސްލިމުން އެއްވެތިބޭއިރު ކުރާ ދުޢާ.


މަޞްދަރު:
الدعاء ويليه العلاج بالرقى