ކާފައާއި އަޚުންގެ ޢަދަދު


ކާފައާއި އަޚުންގެ ޢަދަދު ނެރެދޭ ވިޔައަކީ، ފޫހިފިލުވާލުމަށްޓަކައި ކޮށްލަން އެންމެ ރަނގަޅު ކަމެކެވެ. އެއީ، ވަރަށް އާދައިގެ ވިޔައެކެވެ. އެ ވިޔައިގެ ނަތީޖާގައި، ކާފައާއި، އުޚުތުންނާއި، އަޚުންގެ ޢަދަދު ވެއެވެ. ތިރީގައި މިވަނީ އެވިޔައެވެ.

ތިބާގެ (ފިރިހެން) އަޚުންގެ ޢަދަދު 2 އާ ގުނަކުރާށެވެ!
ތިބާގެ ފިރިހެން އަޚަކު ނެތްނަމަ މި ފިޔަވަޅު ދޫކޮށްލާށެވެ!

ލިބުނު ނަތީޖާއަށް 3 އެއްކުރާށެވެ!
އެއަށްފަހު ލިބުނު ނަތީޖާއާ 5 އާ ގުނަކުރާށެވެ!

މިހާރު ލިބިފައިވާ ނަތީޖާގެ ތެރެއަށް (އަންހެން) އުޚުތުންގެ ޢަދަދު އެއްކުރާށެވެ!
އަންހެން އުޚުތަކު ނެތްނަމަ މި ފިޔަވަޅު ދޫކޮށްލާށެވެ.

ލިބުނު ނަތީޖާ 10 އާ ގުނަކުރާށެވެ!
އެއަށްފަހު ލިބުނު ނަތީޖާގެ ތެރެއަށް، މިހާރު ދިރިތިބި ކާފައިންގެ ޢަދަދު އެއްކުރާށެވެ!
މިހާރު ލިބިފައިވާ ނަތީޖާއިން 150 ކަނޑާލާށެވެ!

ލިބުނު ނަތީޖާއަށް ބަލާށެވެ!
ނަތީޖާގައިވާނީ ތިން ވަޅުގެ ޢަދަދެކެވެ.
އޭކަންވަޅުގައި (ކަނާތްފަރާތުން ފުރަތަމަ ޢަދަދުގައި) ވާނީ، ތިބާގެ ދިރިތިބި ކާފައިންގެ ޢަދަދެވެ.
ދަސްވަޅުގައި (ކަނާތްފަރާތުން ދެވަނަ ޢަދަދުގައި) ވާނީ، ތިބާގެ އުޚުތުންގެ ޢަދަދެވެ.
ސަތޭކަވަޅުގައިވާނީ، ތިބާގެ އަޚުންގެ ޢަދަދެވެ.