ހާދަމޮޅޭ!


ޓީޗަރަކު ކްލާހެއްގައި ދަރިވަރުންނަށް ސުވާލެއް ހުށަހެޅުއްވިއެވެ.

"ދަރިވަރުން ކްލާހުގައި އެންމެ ގިނައިން ބުނެއުޅެނީ ކީކޭހެއްޔެވެ؟"

މިސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ހުރިހައި ކުދިން ހަމަހިމޭނުން ތިއްބައި ކުއްޖަކު އަތް އުފުލާލިއެވެ.

ޓީޗަރު އޭނާއަށް ހުއްދަ ދެއްވުމުން ތެދުވެފައި ބުންޏެވެ.

ދަރިވަރު: "ސަރ، އަޅުގަނޑަކަށް ނޭނގެ."

ޓީޗަރ: "ހާދަމޮޅޭ!"


ނޯޓް:
ދަރިވަރުގެ މަޤުޞަދަކީ، ޓީޗަރު ކުރެއްވި ސުވާލުގެ ޖަވާބު އޭނާއަކަށް ނޭނގޭ ވާހަކަ ނަންގަތުމެވެ.
ޓީޗަރު ހީކުރެއްވީ، ދަރިވަރަށް އެސުވާލުގެ ޖަވާބު އެނގިގެން ޖަވާބުދިނީ ކަމަށެވެ!