ވަކި މައުޟޫޢަކަށް މަޒުމޫނު ލިޔުން
އެއްދުވަހަކު ކްލާހުގައި ބަހަވީ ޓީޗަރު ބުނުއްވިއެވެ.
"މިއަދު ކޮންމެ ކުއްޖަކު ވެސް ކުރަންވީ މަސައްކަތަކީ
އިއްޔެ ކިޔެވި ފިލާވަޅުގައިވާ މައުޟޫޢުތަކުގެ ތެރެއިން
މައުޟޫޢަކަށް މަޒުމޫނެއް ލިޔުމެވެ."
ދެން
މައުޟޫޢެއް އިޚުތިޔާރުކޮށްގެން ދަރިވަރުން މަޒުމޫނު ލިޔަން
ފެށިއެވެ.
ނަމަވެސް އެއް ކުއްޖަކު އެއްވެސް ކަމެއް
ނުކޮށް ހަމަހިމޭނުން އިނެވެ.
އޭނާއާ މުޚާޠަބުކުރައްވައި
ޓީޗަރު ބުނުއްވިއެވެ.
"ތިބާ އިޚުތިޔާރުކުރީ ކޮން
މައުޟޫއެއް ހެއްޔެވެ؟"
އޭނާ ދެންނެވިއެވެ.
"އަޅުގަނޑު އިޚުތިޔާރުކުރީ "ފުޓްބޯޅަ މެޗް" މި
މައުޟޫޢެވެ."
ޓީޗަރު ސުވާލުކުރެއްވިއެވެ.
"ތިޔަ
މައުޟޫޢަށް މަޒުމޫނު ލިޔެފިން ހެއްޔެވެ؟"
ދަރިވަރު
ދެންނެވިއެވެ.
"އެކަން ނިމިއްޖެއެވެ."
ދެން
ޓީޗަރު އޭނާގެ ފޮތް ބެއްލެވިއިރު އެއްވެސް އެއްޗެއް
ލިޔެފައެއް ނެތެވެ.
ޓީޗަރު އެއްސެވިއެވެ.
"ތިބާ
ލިޔުނު މަޒުމޫނު ކޮބައިހެއްޔެވެ؟"
ދަރިވަރު
ދެންނެވިއެވެ.
"މެޓް އޮފީހުން ނެރުނު މޫސުމާބެހޭ
ރިޕޯޓަށް ބަލާފައި މެޗް ކުޅުން ކެންސަލްކޮށްފިއެވެ.
މިހެންވެ، އެ މައުޟޫޢަށް ލިޔަން އުޅުނު މަޒުމޫނު ލިޔުން
ވެސް އެހިސާބަށް ނިންމާލަން ޖެހުނީއެވެ."
މަޞްދަރު
https://kisasatfal.com/10-funny-jokes-for-kids