މަހާނަގަލުގައި ލިޔާ RIP ގެ މާނަ


ޣައިރު މުސްލިމުންގެ މަހާނަގަލުން ފެންނަ ތިން އަކުރެއް ވެ އެވެ. އެއީ، RIP އެވެ. އެމީހުން މި ތިން އަކުރު ލިޔަނީ، މަރުވެފައިވާ މީހާއަށް ހެޔޮ އެދިގެންނެވެ. މި ތިން އަކުރުގައިވާ މާނައަށްވުރެ މާ ފުރިހަމަ މާނަ އެކުލެވޭ ޢިބާރާތްތައް އިސްލާމީ ސަގާފަތުގައި ވެއެވެ. އެހެންކަމުން، މުސްލިމުންގެ މަހާނަގަލުގައި RIP ލިއުމަކީ ރަނގަޅު ކަމެއް ނޫނެވެ. މި ތިންއަކުރުގައި އެކުލެވޭ މާނައަކީ، Rest in Peace އެވެ.

ނަންގަނެވިދިޔަ ތިން އަކުރުގެ ބަދަލުގައި ލިޔެވިދާނެ އިސްލާމީ ޢިބާރާތްތަކުގެ ތެރެއިން އެއް ޢިބާރަތަކީ، رَحْمَةُ الله عَلَيْك އެވެ. އަންހެނަކަށް ނަމަ، ކާފުގައި އިބިފިލި ޖަހައިގެން ލިޔާނީ، عَلَيْكِ އެވެ. ފިރިހެނަކަށް ނަމަ، ކާފުގައި އަބަފިލި ޖަހައިގެން ލިޔާނީ، عَلَيْكَ އެވެ.