ކުދިންނަށް ކިއުން ހުއްދަނޫން ނަންތަކެއް


ކުދިންނަށް ކިއުން ހުއްދަ ނޫން ނަންތަކެއް ސަޢޫދީ ޢަރަބިއްޔާގެ ވުޒާރަތުއްދާޚިލިއްޔާ އިން އާންމުކޮށްފައި ވެއެވެ. އެއިން ބައެއް ނަންތަކަކީ، ދީނީ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ. ބައެއް ނަންތަކަކީ، ސަޢޫދީ ސަގާފަތުގެ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ. ބައެއް ނަންތަކަކީ، މާނައިގެ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ. މީގެ ކުރިން ވެސް މިފަދަ ނަންތަކެއް އެ ވުޒާރާއިން އިޢުލާންކޮށްފައި ވެއެވެ. މިފަހަރު އިޢުލާންކުރި ހުއްދަނޫން ނަންތަކުގެ ޢަދަދަކީ، 50 އެވެ. ތިރީގައި މިވަނީ އެނަންތަކެވެ.

1. މަލާކު (ملاك)
2. ޢަބްދުލްޢާޠީ (عبد العاطي)
3. ޢަބްދުއްނާޞިރު (عبد الناصر)
4. ޢަބްދުލްމުޞްލިޙު (عبد المصلح)
5. ނަބިއްޔު ނުވަތަ ނަބީ (نبي)
6. ނަބިއްޔާ (نبيه)
7. އަމީރު (أمير)
8. ސުމުއްވު (سمو)
9. އަލްމަމްލަކާ (المملكة)
10. މަލިކާ (ملكة)
11. މަމްލަކާ (مملكة)
12. ތަބާރަކް (تبارك)
13. ނަރުދީން (نردين)
14. މާޔާ (مايا)
15. ލިންޑާ ނުވަތަ ލިންދާ (ليندا)
16. ރިންދާ (رندا)
17. ބަސްމަލާ (بسملة)
18. ތޫލީން (تولين)
19. އަރުމް (أَرْم)
20. ނާރީޖް (ناريج)
21. ރަތާލް (رتال)
22. އަލްސް (ألس)
23. ސާންދީ: ސަންޑޭ ނުވަތަ ސޭންޑީ (ساندي)
24. ރާމާ (راما)
25. މާލީން ނުވަތަ މާލިން (مالين)
26. އައިލީން ނުވަތަ އައިލިން (أيلين)
27. އަލާސް (الاس)
28. އައިނާރު (أينار)
29. ލޫރާން ނުވަތަ ލޯރަން (لوران)
30. މަލަކްތީނާ (ملكتينا)
31. ލާރީން (لارين)
32. ކިބްރިޔާލް (كبريال)
33. ލޫރީން ނުވަތަ ލައުރީން (لورين)
34. ބިންޔާމީން (بِنْيامِين)
35. ނާރީސް (ناريس)
36. ޔާރާ (يارا)
37. ސީތާފް (سيتاف)
38. ލޫލާންދު (لولاند)
39. ތީލާޖު (تيلاج)
40. ބަރަހް (بَرَه)
41. ޢަބްދުއްނަބީ (عبد النبي)
42. ޢަބްދުއްރަސޫލު (عبد الرسول)
43. ޢަބްދުލްމުޢީން (عبد المعين)
44. ޖިބްރީލު (جبريل)
45. އަބްރާރް (أبرار)
46. މިލާކް (مِلاك)
47. އައިމާން (أيمان)
48. ބަޔާން (بيان)
49. ބަސީލު (بَسيل)
50. ރީލާމް (ريلام)

މިއީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މަނާކޮށްފައިވާ ބައެއް ނަންތަކެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، މީހުންނަށް ކިޔަން އެކަށީގެންނުވާ ކިތަންމެ ނަމެއް، މުސްލިމުންގެ ދަރިންނަށް ކިޔާފައި ވެއެވެ.