ތާނައިގެ އަކުރުތައް



ހ.
ހަހިހޫ ހީމަވެފައިވާ، ފަހިކޮށްގެން ތިބެ ވިސްނާ،
ދަހިވެތިވީނަމަ ޢިލްމާ، ލަހިކަން ށި ފިލައިދާ.
ށ.
ށަށަމުން މުންކޮމަ ނަށަމުން، ހަށަމަށް އަދި އަތް ނަގަމުން،
ބަށަތަހުޒީ އެދި ގޮވަމުން، ކަށައައުޒާތަމި ލިއަމުން.
ނ.
ނަނުދަން ވެސް ނަކުދިންތާ، ކަނުލައިތީ އަޑުނާހާ،
ހަނުހުރެވޭށަ ނެތީމާ، ރަނުގައި ސީގަހަދައިތާ.
ރ.
ރިރުވައި ބާހުގެ ތެރެއަށް، ބިރުނެތިގެން ވެދެ އެހިނދަށް،
ސިރުމަތް ވާކު ސަލާރަށް، ވިރުތަގުސީ އެދި ފިލުމަށް.
ބ.
ބޭބޭ ބޭބެ ބުނިންހޭ؟ ރޭ ބޭ މަސް ނުކަނޑާށޭ!
ނޭ ބޭހެއް ނުބަލައިދޭ، ގޭ ބޭރަށް ނުކުރަން ފޭ.
ޅ.
ޅޭޅޭ ބައިތަކޮ ޅޭޅޭ، ދޭޅޭ މަސް ނުތަ ނޭބޭ،
ކޭކޭ ކާކަޅު ހޭރޭ، ނޭޅޭތީ ކުޅި ފޭދޭ.
ކ.
ކެކުމުން ކާކު ނުކާނީ، އެކުގައި ޝައުކަތު ހާނީ،
ނެކުޅޭ ކުއްޖަކު ވާނީ، ދެކުދިން ކާކު އުރާނީ.
އ.
އެއަޅާ އޮއިރު ކަމުން ބާ، ދެއަތުން ތީ ކުރި ނާރާ،
ފެއަށޭ ނީ ދަމަ ހައްތާ، ނެއަރައި ރަށް އެށިތޯދާ.
ވ.
ވާވާ ނީނެ ވަރެއްވާ، ރާވާތީ ހަކަ ވެސް ވާ،
އާވާހެންނެ ގޮތެއްވާ، ހާވާދޭ ހުރިހައި ވާ.
މ.
މާމާ މީ މަގު މެދު މާ، ފާމާ ދެއްކެވި ބޯދާ،
ކާމާ ދުން އަމު ނުޖަހާ، ސާމާނާ ކަމު ފޮޅުވާ.
ފ.
ފީފީފޯ ފުފުލަސް ފާ، ދީފިއްޔާ ނެއެ ކައިފާ،
މީ ފީގައި ހުރި ފީފާ، ނީފީ ކަން ގެ ދިރީ ފާ.
ދ.
ދިދަދިން ދޯ ދޮޅަ ދީދީ، އިދަ މައްޗަށް ށަނުލާދީ،
މިދަނީ ދޮންދަ ނުގެންދީ، ނިދަނީ ދޯ ޅަކުދީންނޭ.
ތ.
ތަތުނީތާ ތެޅުނީ ތުން، އަތު އޮތް ވާ ތަތުނީ ތުން،
ދަތުގައިތާ ޖެހުނީ ތުން، ފަތުގައިތާ ފިތުނީ ތުން.
ލ.
ލާލުން ލޯލި ކަލޯ ލީ، ނާލުން ރޭލު ހަލައިލީ،
ފާލުން މޭލި އުކައިލީ، ވާލުން ލީލި ދަމައިލީ.
ގ.
ގަގުނަސް ދޫނި ނަގައިގެން، ޑަގުގުން ގުންގު ޖަހައިގެން،
ދަގުނަންވީތަ ގެނެސްގެން، އަގު ހޯދަން ފަގުވައިގެން.
ޏ.
ޏޭޏޭ ދަން ގޮވިޔަސް ދަން، ދޭޏޭ ބުއިމަށަނީ ފަން،
ޔޭޏޭ ނަން ބުނެ އަދި އަން، ވޭޏޭނީ ކުރެ ހަނި ހަން.
ސ.
ސާސީގައި ފަ ސޮސައިޓީ، ދާސީ ސެންސަރު ލާތީ،
ބާސީ ލޯޑު ސުވައިސީ، ކާސީ ސޭކު ހޮވައިލީ.
ޑ.
ޑަޑަގުންޑަން ޑަޑަގުންޑަން، ހަނޑަހުން ގުންތުރަ ގުންޑަން،
ކަޑަ ގެންގޮސް ނިޑަ ގުންޑަން، ވަޑަދީދީ ގަތެ ގުންޑަން.
ޒ.
ޒާޒީ ނަންތެރި ބާރުން، ކާޒީ ހުލު އަލަ މޮޅު ރުން،
ބާޒީ ހޯދަތެ ޒޯރުން، ޣާޒީންނަށް ސަރުދާރުން.
ޓ.
ޓޯޓޯވީ ކަޓުމުއްލާ، އޯޓޯ ދިލް ފަދަ ބަރުހާ،
ކޯޓޯޓޯގެ އަނީސާ، ފޯޓޯ ނަންގަވަނީތާ.
ޔ.
ޔޯޔޯ އައްލަ ހަލާޔޯ، ދޯޔޯ ތާނަ މިތާ ޔޯ،
ހޯޔޯ މީއޮ ހެދީޔޯ، އޯ ޔޯ ދަސްކުރަމާ ޔޯ.
ޕ.
ޕޯޕީ ބޭކަލެކޭ ނާ، ޓޯޕީ ކީތުރު ނާޅާ،
އޯ ޕީ ކާމަރު ނުޖަހާ، ކޯޕީ ބެއްލެވި ވޭލާ.
ޖ.
ޖަޖު މަންޖޯޅިތަ ޖެހިގެން، ނަޖުމުއްދީނު ގޮވައިގެން،
ހަޖުވުން ތާޖު އަޅައިގެން، އަޖު ބައްލަން މަދިޔާގެން.
ޗ.
ޗީޗީ ޗޯރު ލިބޭ ޗޯ، ތީޗީ ނުބެ އަމުދުން ދޯ،
ވީ ޗީ ނާޒު ކަމުންނޯ، ނީޗީ ރަޒް މިދި ސަހަރޯ.