"ރާޔިޙު ޢުމްރާ، ވާޔިދު މައްކާ ޙިލްވާ!"



ޖަރުމަނުވިލާތުގެ ޒުވާން އަންހެން ކުއްޖަކު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. "ޖަރުމަނީން ޗުއްޓީ ހޭދަކުރާ ގޮތަށް ތިމަންނާ ޗުއްޓީ ހޭދަކުރާ ހިތެއް ނުވެ އެވެ." އެހިނދު އަޅުގަނޑު އޭނާ ކުރެން އެހީމެވެ. "ޖަރުމަނީން ޗުއްޓީ ހޭދަކުރަނީ ކިހިނަކުން ހެއްޔެވެ؟" މިސުވާލަށް ޒުވާބުދެމުން އޭނާ ބުންޏެވެ.

ކުދިންނަށް ކިއުން ހުއްދަނޫން ނަންތަކެއް


ކުދިންނަށް ކިއުން ހުއްދަ ނޫން ނަންތަކެއް ސަޢޫދީ ޢަރަބިއްޔާގެ ވުޒާރަތުއްދާޚިލިއްޔާ އިން އާންމުކޮށްފައި ވެއެވެ. އެއިން ބައެއް ނަންތަކަކީ، ދީނީ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ. ބައެއް ނަންތަކަކީ، ސަޢޫދީ ސަގާފަތުގެ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ. ބައެއް ނަންތަކަކީ، މާނައިގެ ގޮތުން ކިއުން ހުއްދަނޫން ނަންތަކެވެ.

"އޫނާ" ގެ މާނައަކީ ކޮބައިތޯ އެވެ؟


މާނައިގެ ގޮތުން ބަލާއިރު، "އޫނާ" (Oona) އާ އެންމެ ގާތްކުރާ ޢަރަބި ބަހުގެ އަންހެން ނަމަކީ، "ވާޙިދާ" (واحدة) އެވެ. ފިރިހެން ނަމަކީ، "ވާޙިދު" (واحد) އެވެ. "ވާޙިދު" ގެ މާނައަކީ، "އެކެއް" އެވެ.

މަރްޔަމު (مَرْيَم) ގެ މާނަ


"މަރްޔަމު" އަކީ، އިހުޒަމާނުއްސުރެ ފަނޑުވުމެއްނެތި ވާޞިލުވަމުންދާ ލޯބިވެތި ރިވެތި ނަމެކެވެ. މިނަމުގެ އަޞްލާ މެދު، ޢިލްމުވެރިންގެ މެދުގައި ދޭހަތަފާތުވެފައި ވެ އެވެ. މި ނަމުގެ އަޞްލު ބުނެދޭ އެތައް ނަޒަރިއްޔާތަކެއް ވެއެވެ.

މަހާނަގަލުގައި ލިޔާ RIP ގެ މާނަ


ޣައިރު މުސްލިމުންގެ މަހާނަގަލުން ފެންނަ ތިން އަކުރެއް ވެ އެވެ. އެއީ، RIP އެވެ. އެމީހުން މި ތިން އަކުރު ލިޔަނީ، މަރުވެފައިވާ މީހާއަށް ހެޔޮ އެދިގެންނެވެ. މި ތިން އަކުރުގައިވާ މާނައަށްވުރެ މާ ފުރިހަމަ މާނަ އެކުލެވޭ ޢިބާރާތްތައް އިސްލާމީ ސަގާފަތުގައި ވެއެވެ.

"ރައްޔާނު" (رَيَّانُ) ގެ މާނަ


ޢަރަބި ބަހުގައި، ރައްޔާނު (رَيَّانُ) އަކީ ފިރިހެން ނަމެކެވެ. ރައްޔާނުގެ ޖަމްޢު ނުވަތަ ގިނަ ގޮތަކީ، ރިވާއު (رِوَاء) އާއި، ރައްޔާނޫން (ريّانون) އެވެ. ރައްޔާނުގެ އަންހެން ނަމަކީ، ރައްޔާ (رَيَّا) އާއި، ރައްޔާނާ (رَيَّانة) އެވެ.

ބައެއް ހަރުބަސް


ބުއްދީގެ ބޭނުން ނުކުރާ މީހާ، ބެލެންސް ގެއްލިދެއެވެ. ތިމާގެ އަމިއްލަ ވިސްނުން މާމޮޅުކަމަށް ހީކޮށްފި މީހާ، ތެދުމަގުން އެއްކިބާވެދެއެވެ. ޙައްޤާ ދެކޮޅަށް ނުކުމެއްޖެ މީހާ، ނިކަމެތިވެދެއެވެ. ސަމާސާކުރުން ގިނަކޮށްފި މީހާ، ފޫހިވެދެއެވެ. ކިބުރުވެރިކަމުން އެއްކިބާވެގެންފި މީހާ، ޤަދަރު އުފުލިދެއެވެ.

ޢިރާޤުގެ ބަޣަލާއި ސެންޓްރަލް ޕާކުގެ ދޫނި


ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. "ޢިރާޤުގައިވާ ބަޣަލަކަށް މަގުއޮޅި އެއަށް ގެއްލުމެއް ލިބިއްޖެނަމަ، ތިމަންކަލޭގެފާނު އެއަށް މަގު ފަހިކޮށް ނުދެއްވީތީ، އެކަމާމެދު މާތް ﷲ ތިމަންކަލޭގެފާނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ."

ވަޒީފާއެއް ހޯދުމާބެހޭ ބާރަ ނަސޭހަތް


ތިބާގެ ވަނަވަރު (ސީވީ) ގައި ތިބާއަކީ ދެރަ މީހެއްކަން ފާޅުނުކުރާށެވެ! އިންޓަވިއުތަކުގައި ތިބާއަކީ ހަރުދަނާ ކުޅަދާނަ މީހެއްކަން ދައްކާށެވެ! ތިބާއަށް ލިބިފައިވާ ތަޖުރިބާތަކާއި ހުނަރުތަކަށް އިތުބާރުކުރާށެވެ!

ސްކޫލްތަކުގައި ކިޔަވާނުދޭ ފިލާވަޅުތައް



މައިކްރޯ ސޮފްޓްގެ ބާނީ، ބިލް ގޭޓްސް އެމެރިކާގެ ސްކޫލެއްގައި ލެކްޗަރއެއް ދެއްވަން ގަސްދުކުރެއްވި އެވެ. އެ ލެކްޗަރގެ މައިގަނޑު ނަމަކީ، "ސްކޫލްގައި ތިޔަ ކުދީން ދުވަހަކުވެސް ނުކިޔަވާ ފިކުރާއި ހުނަރު" އެވެ.

ޖިންނި ކުދިންނާއެކު ކުޅެން ގެންދާ ކުއްޖާގެ ވާހަކަ


ދެމަފިރިންނަށް ނިދެމުން ދަނިކޮށް، މުހަންމަދު މާ ބާރަށް ރޮއިގަތް އަޑު އިވުނެވެ. ދެން އަވަސްއަވަހަށް އެދެމަފިރިން ތެދުވެގެން ގޮސް ބެލިއިރު، މުހަންމަދު ހުރީ އޭނާގެ ކޮޓަރީގެ ދޮރުމަތީގަ އެވެ. އަޑުންއަޑުނަގައި ރޮނީ އެވެ. ވީ ކީއްތޯ އެހުމުން ބުނީ ބޮޑު މީހަކު އައިސް ބޭބެ ނަގައިގެން ސްލެބް ފަޅާލާފައި ވަދެގެން ހިނގައްޖެ ކަމަށެވެ.

ވަފާތެރި ޙިމާރު


މަށަކީ، ވަފާތެރި ޙިމާރެކެވެ. މަގޭ ސާހިބުމީހާގެ ބަސްއަހައި، އޭނާއަށް ކިޔަމަންވަމެވެ. އޭނާއަށް މާތްކޮށް ހިތައި ކުރުނީސްކުރަމެވެ. އޭނާ ދެއްކި ކޮންމެ ވާހަކައެއް ދެބަސްވުމެއްނެތި ޤަބޫލުކުރަމެވެ. އޭނާ މަގޭ ބުރިކަށިމައްޗަށް ސަވާރުވެ ތަންތަނަށް ދެއެވެ. އޭނާ މަގޭ ގައިގައި ތަޅައި އަނިޔާކުރެއެވެ. ނަމަވެސް އޭނާއަށް ހިނިތުންވުން ނޫންކަމެއް މަށެއް ނުކުރަމެވެ.

ސިނގިރޭޓަކާއި ސިވާކު ދަނޑިކޮޅެއްގެ މުޙާވަރާ


އެއްދުވަހަކު ސިނގިރޭޓަކާއި، ސިވާކު ދަނޑިކޮޅެއް މަގެއްގެމަތިން ދިމާވެގެން ވާހަކަދައްކަން ފެށިއެވެ. އެ ދޭއްޗަކީ، ދީނާއި މިއްލަތާއި މަޒުހަބާއި ފިކުރާއި ނިސްބަތްވާ ޕާޓީގެ ގޮތުން ތަފާތު ދޭތި ކަމަށް ވިޔަސް، އެ ދޭތި ނުހަނު އެކުވެރިކަމާއެކު ވާހަކަދެއްކިއެވެ.

ކަން އޮތްގޮތް



ގޮހޯ މިހުރީ މިތާ ދުރުގައި،
ފޮހޯ ކޮށެނީ ޅިހަށް ކަމުގައި،
އޮހޯ އަޚުނޭ މަށަށް އަދުގައި،
ޅޮހޯ ރަނގަޅީ! ޅޮހޯ ރަނގަޅީ!

ތާނައިގެ އަކުރުތައް



ހ.
ހަހިހޫ ހީމަވެފައިވާ، ފަހިކޮށްގެން ތިބެ ވިސްނާ،
ދަހިވެތިވީނަމަ ޢިލްމާ، ލަހިކަން ށި ފިލައިދާ.
ށ.
ށަށަމުން މުންކޮމަ ނަށަމުން، ހަށަމަށް އަދި އަތް ނަގަމުން،
ބަށަތަހުޒީ އެދި ގޮވަމުން، ކަށައައުޒާތަމި ލިއަމުން.

ދުނިޔެއަކީ، ހެއްލުންތެރިންގެ މަޤާމެކޭ



1.
ދުނިޔެ މީ ހެއްލުންތެރިންގެ މަޤާމެކޭ ބަލަ ދަސްކުރޭ!
ދުނިޔެ އެދިގެން އާޚިރަތު ނުލިބޭނެކަން ވިސްނައި ހުރޭ!
2.
މަޢުނަ މި ބަހުގެ ޔާރުނަށް އޮޅުވާނުލައްވައްޗޭ އިނގޭ،
ހައުދަ ގިނަ ވޭނެއް ބައެއް މީހުން ތަޙައްމަލު ވެސް ކުރޭ!

ޖުހާގެ ވައުޒުބުނުން


އެއްދުވަހަކު ޖުހާ ވައުޒުބުނުމަށްޓަކައި މިސްކިތުގެ މިންބަރަށް އަރައިހުރެ މީހުންނާ މުޚާޠަބުކޮށް ބުންޏެވެ.

"އެންމެހައި މީސްތަކުންނޭވެ! ތިމަންނާ މިދައްކަން އުޅޭ ވާހަކައެއް ތިޔަބައިމީހުންނަށް އެބަ އެނގޭ ހެއްޔެވެ؟"

ލޯޔަރެއްގެ ކުޅަދާނަކަން


ލޯޔަރަކު ގެންގުޅޭ ބުޅަލެއް، މަސްވިއްކާ މީހެއްގެ އަތުން މަސްގަނޑެއް ޖަހައިގަނެގެން ގޮސް ކާލި އެވެ. އެ މަސްގަނޑުގެ އަގު، ތަހުޒީބު ގޮތަކަށް އަތުލާނަމޭހިތައި، ލޯޔަރުގެ ގާތުގައި މަސްވިއްކާމީހާ ބުންޏެވެ.

ޙިމާރެއްގެ ބޮލަކު އަމީރެއްގެ ބުއްދިއެއް ނުވާނެއެވެ.


އެއްދުވަހަކު، މުޢާވިޔަތު ބިން މަރްވާން، ޙިމާރެއް ލައްވައި އުޑި އަނބުރާ މީހެއްގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ.

"ޙިމާރުގެ ކަރުގައި ރަނގަބީލެއް އަޅުވައިގެން އުޑި އަނބުރަނީ ކީއްވެގެން ހެއްޔެވެ؟"

ގަބު ގާޒީއެއް


"އަމީރުލްމުއުމިނީންއެވެ! އަޅުގަނޑުމެންގެ ރަށުގައި ތަންދޮރު ނުދަންނަ، އެއްޗެއް ދޭހަނުވާ، ވަރަށް ގަބު ގާޒީއަކު އެބައުޅެ އެވެ. އޭނާއަށް މައްސަލައެއް ދޭހަވެއްޖެނަމަ، ބަލަންވާވަރަށް ނުބަލައި، އަވަސް އަވަހަށް މައްސަލައިގެ ނިޔާ ކަނޑައަޅައެވެ."

ތިން ސާދާގަރުން ޞަދަޤާތްކުރަން ނިންމި ގޮތް


މުށްބާރުކަމަށް މަޝްހޫރު، ތިން ސާދާގަރަކު އެމީހުން ޞަދަޤާތްކުރާނެ ގޮތުގެ ވާހަކަދެއްކިއެވެ. އެމީހުންގެ ތެރެއިން ފުރަތަމަ ސާދާގަރު ބުންޏެވެ.