ދުނިޔެއަކީ، ހެއްލުންތެރިންގެ މަޤާމެކޭ



1.
ދުނިޔެ މީ ހެއްލުންތެރިންގެ މަޤާމެކޭ ބަލަ ދަސްކުރޭ!
ދުނިޔެ އެދިގެން އާޚިރަތު ނުލިބޭނެކަން ވިސްނައި ހުރޭ!
2.
މަޢުނަ މި ބަހުގެ ޔާރުނަށް އޮޅުވާނުލައްވައްޗޭ އިނގޭ،
ހައުދަ ގިނަ ވޭނެއް ބައެއް މީހުން ތަޙައްމަލު ވެސް ކުރޭ!
3.
ރަޙުމަތެއް، ހެއްލުމުގެ ތެރެއަށް ގެއްލިގެން ނުލިބޭނެޔޭ،
ފަހުގެ ނިޢުމަތްތައް އެދޭނަމަ، ހެޔޮ ޢަމަލު ލަސްނުވެ ކުރޭ!
4.
އަހުރެމެން ތެރެއިން ނުވިސްނޭ ބަޔަކު އޮޅިގެން އާޚިރަތް،
ޖަހުލަތާ ޣާފިލުކަމުގެ މައިދާނުގައި ރަސްކަން ކުރޭ.
5.
ހަކިބަޔަށް ވިސްނައިފިނަމަ ކިޔަމަންވުމަށް ވާޖިބުކުރާ،
ވަކި ފަރާތެއް ވާނެކަން ދަނެގެން ތިބުން ލާޒިމުކުރޭ.
6.
ކޮންމެ ޢަމަލެއް ވެސް ކުރަންވީ އޭގެ ލާބަ ލިބޭނެހެން،
ކޮންމެ އިންސާނެއްގެ މައްޗަށް އެންމެ ފަހު ކަމަކީ މަރޭ!!!
7.
ދުނިޔެ ދޫކުރުމަށް ފަހުން ކުރެވޭނެ އެއްވެސް ހެޔޮ ކަމެއް،
ނެތް ކަމުގެ މައްޗަށް ނުވިސްނިއްޔާ ހުރީ ފަހުގާ ބިރޭ!!!
8.
އުފެދިގެން ހަމަ ކޮންމެ މީހަކު އައި ފަރާތަށް ބޯ ލެނބުން،
އުފެދުނީއްސުރެ ވާޖިބޭ މިތުރާ މަގޭ ހޭލައި ހުރޭ!