ސޭކެއްގެ ދުޢާ


ސޭކަކު ފަންސަވީސް އަހަރު ވަންދެން ފަރުޟު ފަސް ނަމާދާއި ސުންނަތް ނަމާދުތައް ކޮށްގެން، އޭނާއަށް ދަރިއެއް ދެއްވާތޯ ދުޢާކުރި އެވެ. ކޮންމެ އަހަރެއް ނިމޭއިރުވެސް އޭނާއަށް ދަރިއެއް ލިބޭނެ ކަމަށް އުންމީދުކޮށްގެން ހުރެ އެވެ. އެގޮތުގައި ބަރާބަރު ފަންސަވީސް އަހަރު ދުވަސް ހޭދަވި ފަހުން އެއްރެއަކު ޢިޝާ ނަމާދު ކުރުމަށްފަހު، އެހެން ދުޢާއެއް ކުރި އެވެ.

"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިނބަރަސްކަލާނގެ ތިމަންއަޅާއަށް ދަރިއަކު ދެއްވާތޯ ދުޢާކުރާތާ މިހާރު ބަރާބަރު ފަންސަވީސް އަހަރު ވެއްޖެ އެވެ. ނަމަވެސް ތިމަންއަޅާއަށް ދަރިއެއް ނުލިބުނެވެ. މިއިން އެނގުނު އެއްޗަކީ، ތިމަންއަޅާއަށް ދަރިއެއް ދެއްވުމަށް އިބަރަސްކަލާނގެ އިރާދަކުރައްވާފައި ނުވާކަމެވެ. އެހެންވީމާ، ދެން ދުވަހަކުވެސް ދަރިއެއް ދެއްވާތޯ ދުޢާއެއް ނުކުރާނަމެވެ."

އެ ރޭ ނިދަން އޮތް އިރުވެސް އޭނާ އޮތީ، ތަކުރާރުކޮށް މި ދުޢާކޮށްކޮށެވެ. އޭނާ ނިދާފައި އޮއްވާ ހުވަފެނުން ނިދާއެއްގެ އަޑު އިވުނެވެ.

"ދަރިއެއް ދެއްވާތޯ ދުޢާކުރުމުގެ ކުރިން ތިބާ މީހަކާ އިންނަން އެބަޖެހެ އެވެ."