ގަޑިން ކިހާ އިރެއް؟


ގަޑިން ވީ އިރެއް ބަލަން އުޅުނު މީހަކު، މަގުމަތިން އޭނާއާ ދިމާވި އެހެން މީހަކު ކުރެން އެއްސެވެ. "ބޭބޭ! ގަޑިން ކިހާ އިރެއްތަ؟" މަގުމަތިން ދިމާވި މީހާ ޖަވާބުގައި ބުންޏެވެ.

ތިބާ މި މަގުން ކުރިޔަށްދާއިރު، ޖެހޭ ފުރަތަމަ ގޯޅި ދޫކޮށްލާށެވެ. ދެ ވަނަ ގޯޅި ވެސް ދޫކޮށްލާށެވެ. ތިން ވަނަ ގޯޅި ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ގޯޅި ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ގޯޅި ވެސް ދޫކޮށްލާށެވެ. ހަ ވަނަ ގޯޅި ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތް ވަނަ ގޯޅިން ވަދެގެން ކުރިޔަށްދާށެވެ.

އެ ގޯޅިން ވަދެގެން ދާއިރު ކަނާތްފަރާތުން ޖެހޭ ފުރަތަމަ އިމާރާތް ދޫކޮށްލާށެވެ. ދެވަނަ އިމާރާތް ވެސް ދޫކޮށްލާށެވެ. ތިން ވަނަ އިމާރާތް ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ އިމާރާތް ވެސް ދޫކޮށްލާށެވެ. ފަސް ވަނަ އިމާރާތް ވެސް ދޫކޮށްލާށެވެ. ހަވަ ވަނަ އިމާރާތް ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތްވަނަ އިމާރާތަށް ވަންނާށެވެ.

ހަތް ވަނަ އިމާރާތަށް ވަދެގެންދާއިރު، ފުރަތަމަ ޖެހޭ ލިފްޓް ދޫކޮށްލާށެވެ. ދެ ވަނަ ލިފްޓް ވެސް ދޫކޮށްލާށެވެ. ތިން ވަނަ ލިފްޓް ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ލިފްޓް ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ލިފްޓް ވެސް ދޫކޮށްލާށެވެ. ހަ ވަނަ ލިފްޓް ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތްވަނަ ލިފްޓަށް ވަންނާށެވެ.

ލިފްޓުން މައްޗަށް އަރަމުންދާއިރު، ފުރަތަމަ ޖެހޭ ފަންގިފިލާ ދޫކޮށްލާށެވެ. ދެ ވަނަ ފަންގިފިލާ ވެސް ދޫކޮށްލާށެވެ. ތިން ވަނަ ފަންގިފިލާ ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ފަންގިފިލާ ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ފަންގިފިލާ ވެސް ދޫކޮށްލާށެވެ. ހަ ވަނަ ފަންގިފިލާ ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތްވަނަ ފަންގިފިލައަށް އަރާށެވެ.

ހަތް ވަނަ ފަންގިފިލައިން ފުރަތަ ޖެހޭ ފްލެޓް ދޫކޮށްލާށެވެ. ދެ ވަނަ ފްލެޓް ވެސް ދޫކޮށްލާށެވެ. ތިން ވަނަ ފްލެޓް ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ފްލެޓް ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ފްލެޓް ވެސް ދޫކޮށްލާށެވެ. ހަ ވަނަ ފްލެޓް ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތް ވަނަ ފްލެޓަށް ވަންނާށެވެ.

ހަތް ވަނަ ފްލެޓްގެ ފުރަތަމަ ދޮރު ދޫކޮށްލާށެވެ. ދެ ވަނަ ދޮރު ވެސް ދޫކޮށްލާށެވެ. ތިން ވަނަ ދޮރު ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ދޮރު ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ދޮރު ވެސް ދޫކޮށްލާށެވެ. ހަ ވަނަ ދޮރު ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތްވަނަ ދޮރުން ވަންނާށެވެ.

ހަތް ވަނަ ދޮރުން ވަދެގެންދާއިރު، ފުރަތަމަ ޖެހޭ ކޮޓަރި ދޫކޮށްލާށެވެ. ދެ ވަނަ ކޮޓަރި ވެސް ދޫކޮށްލާށެވެ. ތިން ވަނަ ކޮޓަރި ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ކޮޓަރި ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ކޮޓަރި ވެސް ދޫކޮށްލާށެވެ. ހަ ވަނަ ކޮޓަރި ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތްވަނަ ކޮޓަރިއަށް ވަންނާށެވެ.

ހަތް ވަނަ ކޮޓަރިއަށް ވަދެގެން ދާއިރު، ފުރަތަމަ ޖެހޭ އަލަމާރި ދޫކޮށްލާށެވެ. ދެ ވަނަ އަލަމާރި ވެސް ދޫކޮށްލާށެވެ. ތިން ވަނަ އަލަމާރި ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ އަލަމާރި ވެސް ދޫކޮށްލާށެވެ. ފަސް ވަނަ އަލަމާރި ވެސް ދޫކޮށްލާށެވެ. ހަ ވަނަ އަލަމާރި ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތް ވަނަ އަލަމާރި ހުޅުވައިލާށެވެ.

ހަތް ވަނަ އަލަމާރީގައި ހަތް ވަތްގަނޑު ވާނެ އެވެ. ފުރަތަމަ ވަތްގަނޑު ދޫކޮށްލާށެވެ. ދެ ވަނަ ވަތްގަނޑު ވެސް ދޫކޮށްލާށެވެ. ތިން ވަނަ ވަތްގަނޑު ވެސް ދޫކޮށްލާށެވެ. ހަތަރު ވަނަ ވަތްގަނޑު ވެސް ދޫކޮށްލާށެވެ. ފަސް ވަނަ ވަތްގަނޑު ވެސް ދޫކޮށްލާށެވެ. ހަ ވަނަ ވަތްގަނޑު ވެސް ދޫކޮށްލާށެވެ. އެއަށްފަހު، ހަތް ވަނަ ވަތްގަނޑު ހުޅުވައިލާށެވެ.

ހަތް ވަނަ ވަތްގަނޑު ހުޅުވައިލާއިރު، އޭގެ ތެރެއިން، ފޮށްޓެއް ފެންނާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ދެ ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ތިން ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ހަތަރު ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ފަސް ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ހަ ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ހަތް ވަނަ ފޮށްޓެއް ވާނެއެވެ. އެ ފޮށި ހުޅުވައިލާއިރު، އޭގެ ތެރޭގައި ޚަތިމެއް ވާނެއެވެ.... ވަގުތު ބޭކާރުކޮށްނުލައި އަވަހަށް ގޮސް، ލަސްނުވެ، އެ ޚަތިމު ހިފައިގެން އަންނާށެވެ!

ސުވާލުކުރި މީހާ، ކަޑަބޮއްޖަހާފައި ގޮސް އެ ޚަތިމު ހިފައިގެން އަޔެވެ. ދެން، ސުވާލުކުރެވުނު މީހާ، އޭނާގެ އަތުން އެ ޚަތިމު އަތުލައި، އޭގައި އަތްލައި ހުވާކޮށްފައި ބުންޏެވެ.

"މަގޭއަތަކު ގަޑިއެއް ނެތެވެ!"