ފަޒާގެ މިނެޓަކާއި ރުފިޔާއެއް


ދުނިޔޭގައި ދިރިއުޅޭ މީހަކާއި، ފަޒާގައި ދިރިއުޅޭ މީހަކާ ދެމެދުގައި އެކުވެރިކަން އުފެދުނެވެ. އެއްދުވަހަކު އެ ދެމީހުން އޮލަވާހައެއް ދައްކަމުން ދިޔަ އެވެ.

ދުނިޔޭގައި ހުރި މީހާ: ދުނިޔޭގައި ހިނގާ ވަގުތުން އެއް މިލިއަން އަހަރަކީ، ފަޒާގައި އެންމެ މިނެޓެއް ކަމަށް ބުނާތީ އަޑުއަހަމެވެ. އެއީ ތެދެއްހެއްޔެވެ.

ފަޒާގައި ހުރި މީހާ: އެއީ ތެދެކެވެ.

ދުނިޔޭގައި ހުރި މީހާ: އެހެންކަމަށްވަނީނަމަ، ދުނިޔޭގެ އެއް މިލިއަން ރުފިޔާ ވާނީ، ފަޒާގައި ކިތައް ރުފިޔާއަށް ހެއްޔެވެ؟

ފަޒާގައި ހުރި މީހާ: އެންމެ ރުފިޔާއެއް ކަމަށެވެ.

ދުނިޔޭގައި ހުރި މީހާ: ސްޕޭސްއިން އެއްރުފިޔާ ފޮނުވައިދީބަލާށެވެ!

ފަޒާގައި ހުރި މީހާ: އެއް މިނެޓް ފަހުން ފޮނުވައިދޭނަމެވެ!