ހާދަމޮޅޭ!


ޓީޗަރަކު ކްލާހުގެ ދަރިވަރުންނާ ސުވާލުކުރެއްވި އެވެ.

"ދަރިވަރުން ކްލާހުގައި އެންމެ ގިނައިން ބުނެއުޅެނީ ކީކޭހެއްޔެވެ؟"

މިސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ހުރިހައި ކުދިން ހަމަހިމޭންވެފައި ތިއްބާ ކުއްޖަކު އަތް އުފުލާލި އެވެ.

ޓީޗަރު އޭނާއަށް ހުއްދަ ދެއްވުމުން ތެދުވެފައި ބުންޏެވެ.

ދަރިވަރު: "ސަރ، އަޅުގަނޑަކަށް ނޭނގެ."

ޓީޗަރ: ހާދަމޮޅޭ!


ނޯޓް:
ދަރިވަރުގެ މަޤުޞަދަކީ، ޓީޗަރު ކުރެއްވި ސުވާލުގެ ޖަވާބު އޭނާއަކަށް ނޭނގެ އެވެ.
ޓީޗަރު ހީކުރެއްވީ، ދަރިވަރަށް އެސުވާލުގެ ޖަވާބު އެނގިގެން ޖަވާބުދިނީ ކަމަށެވެ!