ބިރުނުގަންނަމެވެ.



ގޭގެ ތަނބު ވީ ހިލައިން،
އަދި ފުރާޅުގަ ދަގަނޑު.

އޭ ވަޔާ ދެން ޖެހޭ!
އޭ ގަހާ ދެން ހެލޭ!

އޭ ވިލާ އުދުހި ދޭ!
އޭ ވިދާ ވިދުވަރާ!

ބިރު މަށެއް ނުގަނެޔޭ،
ބައްތި ނިވިދާނެތީ.

ރޭ އައިސް ވެރިވުމުން،
ދުރު ބަލަން ހުންނަމޭ.

އަނދިރިކަން ވެއްޖެ ވެރި،
ފަޖުރުވެސް ވެއްޖެ މަރު.

ދަންޖެހިއްޖޭ ދުވަސް،
ތަރިތަކާ ދެން ފިލާ!

އޭ ހަނދާ ދެން ނިވޭ!
އޭ އިރާ ދެން އަރާ!

ހިތް މަގޭ ލައްކަ ގަދަ،
އެޔަކު ނެތް ބަލިކަމެއް.

ރާހިތައް ދޭ ދުރަށް،
ހާސަރާ ވޭންތަކާ.

ބިރު ނެތޭ ވޭނަކަށް،
ބިރު ނެތޭ ގެއްލުމަށް.

މިތުރު ވީމާ ޤަޟާ،
އާރުކާޓީ ޤަދަރު!!!