އާދަމުގެފާނުން ފެށިގެން ކީރިތި ރަސޫލާގެ ނަސަބުފުޅު


ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މައްކާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 22 އޭޕްރީލް 571 މ. ގައި ކަމަށް ވާރިދުވެފައި ވެއެވެ. އެއީ ފީލު އަހަރު ކަމަށާއި، އެއީ ރަބީޢުލްއައްވަލު މަހެއް ކަމަށް ވެސް ވާރިދުވެފައި ވެއެވެ.

ޢީދު މިސްކިތުގައިވާ ދެ ލިއުމަކަށް ނަޒަރެއް


މާލޭ ޢީދު މިސްކިތުގައި، ވަރަށް މުހިންމު ދެ ތާރީޚެއް ބަޔާންކޮށްދޭ ދެ ލިއުމެއް ވެއެވެ. އެއް ލިއުމަކީ، މިސްކިތް ހިޔާކުރެވުނު ތާރީޚެވެ. އަނެއް ތާރީޚަކީ، މިސްކިތުގައި ޢީދު ނަމާދު ކުރެވުނު ތާރީޚެވެ. ފުރަތަމަ ލިއުން ހަރުކޮށްފައި ވަނީ، މިސްކިތުގެ ދޮރުމަތީގައެވެ.

ދޫދިނުމުގެ ސަގާފަތު ފެތުރުމުގައި މީޑިއާގެ ދައުރު


މުޖުތަމަޢުގެ އަފުރާދުންގެ ސަގާފަތު ބިނާކުރުމުގައި މީޑިއާ އަދާކުރަނީ ވަރަށްބޮޑު ދައުރެކެވެ. އެމީހުންގެ ހޭލުންތެރިކަން ބައްޓަންކުރަނީ މީޑިއާއެވެ. އެމީހުން ސަމާލުކަން ދޭންވީ މައްސަލަތައް ދައްކައިދެނީ މީޑިއާއެވެ. މީޑިއާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ ބުއްދިއާއި ޝުޢޫރު ކޮންޓްރޯލްކޮށް އޭގެ މައްޗަށް ނުފޫޒު ހިންގާ ވަރުގަދަ ބާރެކެވެ.

މާލިކު ބްނު ދީނާރުގެ ހުވަފެންފުޅު


ތާބިޢީ ބޭކަލެއް ކަމުގައިވާ މާލިކް ބްނު ދީނާރު (مالك بن دينار) އަކީ، މުސްލިމުންގެ އިމާމެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ބަދަލުކޮށްލި ހުވަފެންފުޅުގެ ވާހަކަ ކިޔައިދެއްވަމުން ވިދާޅުވެފައި ވެއެވެ.

ތިމަންކަލޭގެފާނުގެ ޙަޔާތްޕުޅު ފެށްޓެވީ، މަގުފުރެދުމުގެ ކުންނާ ހިސާބުންނެވެ. ...