ފިނިފެންމަލުގެ ގުރުޑު ފިޔަ


1.
ނުވޭ އޭގައި ހެރޭނެ އުލެއް، ނުވޭ އޭގައި ހަރާ ވަޅިއެއް،
ނުވޭ އޭގައި ސިލޭހިތަކެއް، ނުވޭ އޭގައި ޖަހާ މަޑައެއް.
2.
ނުވޭ އޭގައި ކަފާ ކަތުރެއް، ނުވޭ އޭގައި ފަޅާ ކަނޑިއެއް،
ނުވޭ އޭގައި އަނދާ އަނގުރެއް، ނުވޭ އޭގައި ގޮވާނެ ބޮމެއް.
3.
ނުވޭ އޭގައިމެ ޗާބޫކެއް، ނުވޭ އޭގައިމެ ހަންމުއްޓެއް،
ނުވޭ އޭގައިމެ ބަޑިބޭހެއް، ނުވޭ އޭގައިމެ ސާޅަނގައެއް.
4.
ނުވޭ އޭގައި އުކާ ހިލައެއް، ނުވޭ އޭގައި އުކާ ދުންޏެއް،
ނުވޭ އޭގައި ތަޅާ މުގުރެއް، ނުވޭ އޭގައި ޖަހާ ބަޑިއެއް.
5.
އެއަށް ވާޞިލުވެވޭ މަގުގައި، ވިޔަސް ކަށިތަކުގެ ދޫލަ އަޅައި،
އެއަށް ނުވެޔޭ ލަޠީފީކަން ނޫން، އެހެން ސިފައެއް މޮޅަށް ލިބިފައި.
6.
އެއިން ކަށްޓެއް އަތަށް ހެރުމީ، ވެޔޭ ލޯބީގެ އަގު ކަމުގައި،
އެއިން ލިބިދާ ތަދެއް ވެސް ވޭ، ހިތަށް ހަމަ ރާޙަތެއް ކަމުގައި.
7.
އެއަށް އުނި ޢައިބު ވާނަމައީ، އެއީ ބުރުސޫރައާ ޝަކުލަށް
މޮޅަށް ލިބިވީ މޮޅެއްކަން ވެސް، އެނގޭ ހޯދާ ބަލާއިރުގައި.
8.
ވަހާ ކުލަޔާ ލަޠީފީކަން، އެހެން ފިޔަހެން ވެޔޭ އޭގައި،
އަހާށޭ ފުން ހިތުން މިތުރާ، މިބަސް އިތުރަށް ޙިކަމް ހޯދައި.